ފަހުން ފައިސާ ދައްކާގޮތަށް ފުލުހުންނަށް އެއާ ޓިކެޓް ދޭނޭ ބަޔަކު ހޯދުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން އިއުލާނުކޮށްފިއެވެ.
ފުލުހުން ކުރި އިއުލާނެއްގައި ބުނީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ވައިގެ މަގުން ރާއްޖެއާއި ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކަށް ކްރެޑިޓް އުސޫލުން އެއަރ ޓިކެޓްގެ ހިދުމަތް ފޯރުކޮށްދޭނެ ފަރާތްތަކެއް ހޯދުމަށް ބޭނުންވާކަމަށެވެ. އެގޮތުން މި ޕްރޮޖެކްޓްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާކަމަށް ބުންޏެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމުގެ އެންމެފަހު ވަގުތަކީ އަންނަ ހޯމަދުވަހެވެ.
ފަހުން ފައިސާ ދައްކާގޮތަށް ޓިކެޓް ދޫކުރުމަކީ ކޮމާޝަލް ބޭންކުތަކުން ކުރަމުން އަންނަ ކަމެކެވެ. ނަމަވެސް ރާއްޖޭގައި އަދި މިފަދަ ހިދުމަތެއް ނޯވެއެވެ.
ގުޅުންހުރި ލިޔުންތައް



