ފައިސާގެ މުއާލަތްތަކާއި މާލީ ހިދުމަތްތަކާއިއެކު އައިޑީކާޑް ސްމާޓް ކޮށްލަން ރައީސް ނިންމައިފި
ދެންމެ | 01 އޯގަސްޓް 2026

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނިޒާމު ޒަމާނީކޮށް ކުރިއަށް އޮތް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި މާލީ މުޢާމަލާތްތައް ވެސް ހިންގޭ ”ސްމާޓް އައިޑީ ކާޑެއް“ ތަޢާރަފުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

”ނޭޝަން ޗެޓް“ ޕޮޑްކާސްޓުގެ ތިންވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ މުހިންމު ސިނާޢަތްތަކާއި ދާއިރާތައް ޑިޖިޓަލައިޒް ކުރުމުގެ ބޮޑެތި މަސައްކަތްތަކެއް ސަރުކާރުން ކުރިއަށް ގެންދާ ކަމަށެވެ. އެ މަސައްކަތުގެ ތެރެއިން ރައްޔިތުންނަށް އެންމެ ބޭނުންތެރި އެއް ޚިދުމަތް ކަމުގައިވާ އައިޑީ ކާޑުގެ ނިޒާމު ”ސްމާޓް އައިޑީ ކާޑު“ގެ ނަމުގައި ބަދަލުކުރުމުގެ މަސައްކަތް ފެށިފައިވާ ކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މި އާ ކާޑު ފަރުމާކުރެވޭނީ ފައިސާގެ މުޢާމަލާތްތައް ހިންގުމާ އެކު ތަފާތު ޚިދުމަތްތައް ވެސް ލިބޭ ފަދަ ލުއިފަސޭހަ ނިޒާމެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ. މި ބަދަލު ގެނައުމަށް އަމާޒު ހިފާފައިވަނީ ކުރިއަށް އޮތް ދޮޅު އަހަރެއްހާ ދުވަހުގެ ތެރެއަށެވެ.

ރާއްޖެ ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ވަކިވަކި އިދާރާތަކުން ފޯރުކޮށްދެމުން ދިޔަ ޚިދުމަތްތައް އެއް ޕްލެޓްފޯމެއްގެ ދަށަށް ގެނައުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!