ފޮރިން މިނިސްޓުރީގެ އެޑިޝަނަލް ސެކްރެޓަރީ ކަމަށް ޝިފާނާ.
ދެންމެ | 13 މެއި 2022

މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކްރެޓަރީގެ މަޤާމަށް، ހެންވޭރު ޓިވެގާލައިޓް، އާމިނަތު ޝިފާނާ ޢައްޔަން ކުރައްވައިފިއެވެ.

ޝިފާނާ މި މަޤާމަށް ޢައްޔަންކުރެއްވީ އިއްޔެއެވެ. އޭގެ ކުރިން އޭނާ ހުންނެވީ ފޮރިން މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމުގައެވެ.

ޝިފާނާ ކުރިން ވަނީ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯސަލް ސަރވިސްގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމާއި ދަޢުލަތުގެ އެހެން ބައެއް އިދާރާތަކުގައި އިސްމަޤާމުތައް ފުރުއްވާފައިވެއެވެ.

ޝިފާނާ ވަނީ މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން މާސްޓަރ އޮފް މެނޭޖްމަންޓް ހާޞިލު ކުރައްވާފައެވެ.

ފޮރިން މިނިސްޓްރީގެ ޕީއެސްގެ މަގާމުގައި ހުންނެވި ޝިފާނާ އެތަނުގެ އެޑިޝަނަލް ސެކެރެޓަރީއަކަށް ބަދަލުކުރެއްވި އިރު، ޕީއެސްގެ މަގާމަކީ މިނިސްޓްރީތަކާއި ސަރުކާރުގެ އިދާރާތަކުގައި ސިވިލްސާވިސް ތަމްސީލްކުރާ އެންމެ އިސް މަގާމެވެ. ރާއްޖޭގައި މިހާރު ވަނީ، ފޮރިން ސާވިސްއަކީ ސިވިލް ސާވިސްއާ ވަކިން، ވަކި ހިދުމަތެއްގެ ގޮތުގައި ކަނޑައަޅައި ޤާނޫނެއް ފާސްކޮށް އަމަލުކުރަން ފަށާފައެވެ.

ގުޅުންހުރި ލިޔުންތައް