ދިވެހި ދައުލަތުން 2 ކިލޯ ރަން ހޯދަން ލަންކާ މީހަކު ދައުވާ އުފުލައިފި
ދެންމެ | 10 އޯގަސްޓް 2026

ރާއްޖެއަށް ވަގަށް އެތެރެކުރަނިކޮށް ދައުލަތަށް ނަގާފައިވާ ދެ ކިލޯގެ ރަން، އަލުން އަނބުރާ ހަވާލުކޮށް ދިނުމަށް ލަންކާގެ ރައްޔިތަކު ހައިކޯޓްގައި އެފެދި އެވެ.

މި މައްސަލާގައި މި ރަންތައް އަނބުރާ ހަވާލުކޮށްދިނުމަށް އެދިފައިވަނީ މި ރަންތައް ރާއްޖެ އެތެރެކުރި ލަންކާ ރައްޔިތެއް ކަމަށްވާ މުހައްމަދު ސުލައިމް ހާން އެ ވެ. މި މީހަކީ ދިވެއްސަކާއި ކައިވެނިކޮށްގެން އުޅޭ މީހެކެވެ.

 

2023 ވަނަ އަހަރު ދުބާއީއިން ރާއްޖޭގެ މަގުން ލަންކާއަށް ދަތުރު ކުރި މި މިހާ ގެންދިޔަ ރަންތައް ހިފަހައްޓާ މި މީހާގެ މައްޗަށް ދައުލަތުން ވަނީ ރާއްޖެއަށް ސިއްރުން މުދާ އެތެރެ ކުރުމުގެ ކުށުގެ ދައުވާ އުފުލާފަ އެވެ. އެ މައްސަލަ ކޯޓުން ނިންމާ އޭނާ އެއް އަހަރަށް ޖަލަށްލުމަށާއި އެ ރަންތައް ދައުލަތަށް ނެގުމަށް ކްރިމިނަލްކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

 

އެ މައްސަލަ އެމީހާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރި މައްސަލާައި ބުނެފައިވަނީ އެ މީހާގެ އެއްވެސް ކުށުގެ ރެކޯޑެއް ކުރިން ނެތްއިރު، އެ ނޫން ގޮތަކަށް ކަނޑައަޅައިފައި އޮތުމާއި މި ފަދަ މައްސަލަތަކުގައި ހިފަހައްޓާ މީހުންނާ އެ މީހާއާ މެދު ތަފާތުކޮށް އަމަލުކޮށްފައިވާކަމަށެވެ. މީގެއިތުރުން އެ އޭނާ މިނިވަން ކުރުމަށާއި، އޭނާ އަތުން އަތުލި ރަން ހަތް ދުވަހުގެ ތެރޭގައި އަނބުރާ ރައްދު ކުރުމަށް އަމުރެއް ނެރެދިނުމަށްވެސް ވަނީ އެދިފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!