ދައުލަތަށް 3.41 ބިލިޔަންގެ އާމްދަނީއެއް މީރާއިން ހޯދައިފި
ދެންމެ | 11 އޯގަސްޓް 2026

ނިމިދިޔަ ޖުލައި މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން 3.41 ބިލިއަން ރުފިޔާ ބަލައިގެންފި އެވެ.

މީރާ އިން އިއްޔެ އާންމުކޮށްފައިވާ ޖުލައި މަހުގެ ޓެކުހާ ގުޅޭ ހިސާބުތައް ދައްކާ ގޮތުން، އެ މުއްދަތުގައި ލިބުނު އާމްދަނީއަކީ އެ މުއްދަތުގައި ލިބޭނެ ކަމަށް ލަފާކުރި އަދަދަށް ވުރެ 3.6 އިންސައްތަ ދަށް އަދަދެކެވެ.

ޖުލައި މަހުގެ އާމްދަނީގެ ތެރޭ ޑޮލަރުން ލިބުނު 108.36 މިލިއަން ޑޮލަރު ވެސް ހިމެނެ އެވެ.

ޖުލައި މަހު ނުލިބި ހުރި ފައިސާ ހޯދުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން ޖުމްލަ 449 މިލިޔަން ރުފިޔާ ހޯދައިފަވެއެވެ. މީގެ ތެރޭގައި ނޯޓިސް ފޮނުވައިގެން 248 މިލިޔަން، ޑިއުސް ކްލިއަރެންސްގެ ތެރެއިން 92 މިލިޔަން، އިންސްޓޯލްމަންޓް އެއްބަސްވުމުގެ ދަށުން 78 މިލިޔަން، ރުފިޔާ ހޯދައިފައި ވެއެވެ.

ޖުލައި 2026 ގައި ލިބިފައިވާ އާމްދަނީގެ 18.4 އިންސައްތައަކީ ކުރީގެ ސުންގަނޑިތަކަށް ދައްކާފައިވާ ފައިސާ އެވެ. އަދި އާމްދަނީގެ 11 އިންސައްތަ ލިބިފައިވަނީ ނުދެއްކި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުންނެވެ.

މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ 0.2 އިންސައްތަ އިތުރު އަދަދެއް ނަމަވެސް އެއީ ޖުލައި 2026 ގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށް ވުރެ 3.6 އިންސައްތަ ދަށް އަދަދެއް ކަމަށް މީރާ އިން ބުނެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!