މަސްއޫދަށް ވީޑިއޯއިން ހަމަލާދިން މީހާ އެވަގުތު ހުރީ އެހެންތަނެއްގައި ކަމަށް، ހުކުމްކުރި ގާޒީގެ މައްސަލަ ޖޭއެސްސީއަށް.
ދެންމެ | 13 މެއި 2022

ދިއެފްއެމްގެ ކުރީގެ ސީއީއޯ މަސްއޫދު ހިލްމީއަށް ހަމަލާދޭ ވީޑިއޯގައި ފެންނަ މީހާ އެވަގުތު ހުރީ އެހެންތަނެއްގައި ކަމަށް ބުނެ، ހުކުމްކުރި ލ. އަތޮޅު އިސް މެޖިސްޓްރޭޓް އަލީ ސަރީފް މައްސަލަ ޖޭއެސްއީއަށް ހުށަހަޅައިފި އެވެ.

މޯލްޑިވްސް މީޑިޔާ ކައުންސިލްގެ މެމްބަރުކަން ވެސް ކޮށްފައިވާ މަސްއޫދު (ދި ޓީވީ މަސްއޫދު)ގެ ފަރާތުން ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒް މުހްސިނުގެ އެޑަވަކަސީ ޗެމްބަރގެ ފަރާތުން ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ އެހުކުމް ކުރި ލ. އަތޮޅުގެ އިސް މެޖިސްޓްރޭޓް އަދި ޖޭއެސްސީގެ މެމްބަރުކަން ވެސް ކުރައްވާ އަލީ ޝަރީފް ފަޑިޔާރެއްގެ މަގާމުގައި ބަހައްޓަން އެކަށީގެން ނުވާފަދަ ގާނޫނާއި ހިލާފް އަމަލެއް ކޮށްފައިވާ ކަމަށެވެ.

ޖޭއެސްސީގެ މެމްބަރުކަން ކުރައްވާ ފޮނަދޫ މެޖިސްޓްރޭޓް އަލީ ޝަރީފާއި ދެކޮޅަށް ހުށަހަޅާފައިވާ މައްސަލާގައި ބުނެފައި ވަނީ ސަރީއަތުގެ ކުރީ މަރުހަލާގައި މަސްއޫދު ހިލްމީ އާއި ފާތިމަތު އާސިޔާގެ ހެކިބަސް ބަލައިގެނެވޭނެ ކަމަށް ހުކުމްކޮށް، ފަހުމަރުހަލާގައި އެނިންމުން ބަދަލުކޮށްފައި ވަނީ ގާނޫނާއި ހިލާފަށް ކަމަށެވެ.

އަލީ ޝަރީފާއި ދެކޮޅަށް ހުށަހަޅާފައިވާ މައްސަލާގައި އިތުރަށް ބުނެފައި ވަނީ ސަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާއި މެދު ނިންމި ގޮތް މައްސަލާގައި ހިމެނޭ އެއްވެސް ފަރާތަކުން އިސްތިއުނާފް ކޮށްފައިރު، އެމަރުހަލާގެ ކޯޓަކަށް އެހުކުމް ބަދަލު ނުކުރެވޭނެ ކަމަށެވެ.

މެޖިސްޓްރޭޓް އަލީ ޝަރީފް ހުކުމް ކުރުމުގައި ހެކިބަސް ބަލައިނުގަތުމާއި ގުޅޭ ގޮތުން ޝަރީއަތުން ފާހަގަކޮށްފައިވާ ދެ ހާލަތަކީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާއި މެދު ގޮތް ނިންމި އިރުވެސް ވުޖޫދުގައި އޮތް ހާލަތެއް ކަމަށާއި އަދި ސަރީއަތުގެ ކުރިން ހުށަހެޅި ހުށަހެޅުމާއި މެދު ގޮތް ނިންމި އިރު، އެ ދެފަރާތުގެ ހެކިބަސް ބަލައިގަތުމަށް ނިންމާފައި ވަނީ އެހާލަތަށް ރިއާޔަތްކުރުމަށް ފަހުގައި ކަން އެނގޭ ކަމަށެވެ.

މިމައްސަލާގައި ދައުލަތުން ދައުވާ ސަމީމަކީ ލާމް 2020 އަހަރު އަތޮޅުގައި އޮންނަ މަސްއޫދު ކާރުގައި ރޯކޮށްލި މައްސަލާގައި ވެސް ފުލުހުން ތަހްގީގް ހިންގަމުންދާ ފަރާތެވެ. މައުލޫމާތު ލިބޭ ގޮތުގައި އަދި ވެސް މިމައްސަލައިގެ ތަހްގީގް ވެސް ފުލުހުން ނިންމާފައެއް ނުވެ އެވެ.

 

ގުޅުންހުރި ލިޔުންތައް
  1. އުމަރު

    ޖޭއެސްސީން މީނާގެ މައްސަލަ ބަލައި ނިމެންދެން ސަސްޕެންޑް ކުރަންޖެހޭ. ނޫނީ މައްސަލަ އިންސާފްވެރިއެއް ނުވާނެ.

  2. ސަލީމް

    ހަގީގަތުގައި ވެސް މި ގާޒީ ޖަހޭ ގާޒީ ކަމުން ބޭރުކުރަން. މިހާ ނުބައި ނުލަފާ މީހުން ގާޒީ ކަމުގައި ބަހައްޓަން ހެޔޮ ނުވާނެ.