ސަރުކާރުން ބުޅާ ގެންގުޅެން “ކެޓް އައިލެންޑް“އެއް ހަދަން ނިންމައިފި
ދެންމެ | 01 ސެޕްޓެމްބަރ 2026

ބުޅާ ގެންގުޅެން “ކެޓް އައިލެންޑް“އެއް ސަރުކާރުން ހެދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް މިނިސްޓަރު އޮފް ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސް އަހްމަދު ޝިޔާމް ވިދަލުވެއްޖެ އެވެ.

މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ބުޅާ ގެންގުޅެން ކެޓް އައިލެންޑް ހެދުމުން ދުނިޔޭގެ ސަމާލުކަންވެސް ލިބޭނެކަމަށެވެ. އެގޮތުން ރާއްޖޭ ފަދަ ގައުމެއްގައި އެފަދަ ރަށެއް، ޒަމާނީ ފެސިލިޓީތަކާއެކު ހިންގިއްޖެނަމަ އެއީ ބައިނަލްއަގުވާމީ މުޖުތަމައުން ވެސް ވަރަށް ބޮޑު ޝައުގުވެރިކަމެއް ލިބިގެންދާނެކަމެެކަމަށް ޝިޔާމް ވިދާޅުވި އެވެ.

މިނިސްޓަރު މިއަދު ވިދާޅުވީ ބުޅާ ގެންގުޅެއް ރަށަށް ހަދަނ ސަރުކާރުން ބޮޑު ހަރަދެއް ކުރަން ޖެހޭނެތީ އެކަން ކުރަން ބޭނުންވާ ބަޔަކު ކުރިމަތިލާން ހުޅުވާލިކަމަށެވެ. އެގޮތުން ބުޅާ ރަށް ހަދއިދޭން ބައެއް ފަރާތްތަކުން ކުރިމަތިލާފއިވާއިރު އޭގެތެރޭގއި ރާއްޖެއިން ބޭރުގެ ބަޔަކުވެސް ހިމެނޭކަމަށް ޝިޔާމް ވިދާޅުވި އެވެ.

”އިންޓަނޭޝަނަލް ޕާޓީއަކުން ޕްރޮޕޯސްކޮށްފައި އޮތް ޕްރޮޕޯސަލްއެއް. އަޅުގަނޑުމެން މި އުންމީދުކުރަނީ ބުޅާ ނުވަތަ ޕެޓް ކޮމިއުނިޓީއަށް ވަރަށް އުފާވެރި ހަބަރެއްގެ ގޮތުގައި އެ މަޝްރޫއު ވަރަށް ކާމިޔާބު މަޝްރޫއަކަށް ވެގެން ދާނެ ކަމަށް،“ ޝިޔާމް ވިދާޅުވި އެވެ. ޝިޔާމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު ކުރިޔަށްދަނީ ޕްރޮޕޯސަލްތައް އިވެލިއުއޭޓްކުރުމުގެ މަސައްކަތް ކަމަށެވެ.

 

މާލޭގެ ބުޅާއިތުވެ މާލޭގެ މަގުތަކުގެ ސާފުތާހިރުކަން ގެއްލޭތީ ބުޅާ ގެންގުލެއް މާލޭ ސިޓީ ކައުންސިލުން “ އޮޅުހިޔާ“ ނަމުގއި ތަނެއް ހުޅުމާލޭ ފޭސް ދޭއްގައި ހުޅުވި އެވެ. އެހެންނަމަވެސް އެތަން ހުޅުވިތާ މާގިނަ ދުވަަސްތަކެއް ނުވަނީސް އެތަނުގައި ހުންނަން ޖެޭ ކަންކަން ފުރިހަމަ ނުވާކަމަށް ބުނެ މިނިސްޓްރީގެ ބެލުމުގެ ދަށަށް އެތަން ގެންދިޔަ އެވެ.

 

ހުޅުމާލެ ފަރުކޮޅުފުށީގައި އިމާރާތްކޮށްފައިވާ ބުޅާ ފެސިލިޓީ އޮޅުހިޔާގައި މިހާތަނަށް 352 ބުޅާ ގެންގޮސްފައިވާ ކަމަށް ކުރީގެ އެނިމަލްވެލްފެއާ މިނިސްޓްރީން ވަނީ މިއަހަރު ކުރީކޮޅު ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!