އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ މުދާ ވިއްކަން 136 އެޖެންޓުން
ދެންމެ | 06 މާރޗް 2022

އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ރާއްޖެ އަށް އެތެރެކުރާ މުދާ ރަށްރަށުގައި ވިއްކަން 136 އެޖެންޓުން ނަގައި މިއަދު ލިޔުން ހަވާލުކޮށްފި އެވެ.

އެ އެޖެންޓުންނާ ލިޔުން ހަވާލުކޮށްދެއްވީ އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ސީނިއާ ޖެނެރަލް މެނޭޖަރު އަހުމަދު ޝިފާނެވެ. އެ ރަސްމިއްޔާތުގައި އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ވިއްކާ އިފެއްދުންތަކާ ގުޅޭ މައުލޫމާތު ވަނީ ދީފަ އެވެ.

އެސްޓީއޯއިން ބުނީ އެ ކުންފުނީގެ އެޖެންޓުންނަށް ވާން ވިޔަފާރިވެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ. ރަށްތަކުގައި ތިބި އެ ކުންފުނީގެ ސްޓޭޕަލް އެޖެންޓުންނާއި ކޮންސްޓްރަކްޝަން އެޖެންޓުންނަށް ވެސް ޕީޕަލްސް ޗޮއިސް އެޖެންޓުންނަށް ވެވޭނެ ކަމަަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެ އެޖެންޓުން ނެގީ ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ވެސް އެސްޓީއޯ އިން އެތެރެކޮށް ވިއްކާ މުދާ ފަސޭހައިން ލިބޭ ގޮތް ހަދައި، އަތޮޅުތަކުގައި ތިބި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމުގެ ބޭނުމުގައި ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް