ސީ ޕްލޭން ސިޑިން ބޮލުގައި ޖެހި ކެބިން ކުރޫ މޫދަށް ވެއްޓިއްޖެ
ދެންމެ | 26 މެއި 2024

ސީ ޕްލޭންގެ ސިޑި ވެއްޓި އެބޯޓްގެ ކެބިން އެޓެންޑެންޓް މުދަށް ވެއްޓިއްޖެއެވެ.

މިއަދު ހިނގިކަމަށްް ބެލެވޭ މި ހާދިސާގައި މަންޒަރުތައް ފެންނަ ވީޑިއޯއެއް ވަނީ އާއްމުވެފައެވެ. ވީޑިއޯ ތަކުން ފެންނަނީ މަަޑުމަޑުން ދުއްވާފައި ދިޔަ ޓީއެމްއޭގެ އެއާޓެކްސީގެ ބޯޓެއްގެ ކަނދުމަތީ އެބޯޓްގެ ކެބިން އެޓެންޑެންޓް ވާ ނަގަން ހުންނަތަނެވެ. އެ މަސައްކަތުގައި އޭނާ އޮއްވާ ބޯޓްގެ ސިޑި ވެއްޓި އޭނާ ބޮލުގައި ވަރަށް ބާރަށް ޖެހޭތަން ފެނެއެވެ. އެއާއި އެކު އޭނާ މޫދަށް ވެއްޓެއެވެ.

މި ހާދިސާގައި މި ޒުވާނާއަށް އަނިޔާވިކަމެއް އަދި ސާފެއް ނުވެއެވެ. މީ މިބޯޓް ނައްޓާލަން އުޅުނު ވަގުތު ނޫނީ ޕާކުކުރަނިކޮށް ހިނގިކަމެއްކަމެއްވެސް އަދި ނޭގެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!