އުރީދޫއިން ފޭސް 2 ގައި އަޖްމަ ބަލާ ތަނެއް ހުޅުވައިފި
ދެންމެ | 22 އޯގަސްޓް 2024

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ވިނަރެސް ވީ6-ޖީ-03ގައި އުރީދޫ އެކްސްޕީރިއަންސް ސެންޓަރު އިއްޔެ ހުޅުވައިފި އެވެ.

ފޭސް ދޭއް ސަރަހައްދުގެ އުރީދޫ ކަސްޓަމަރުންނަށް ފަސޭހައިން ހިދުމަތް ހޯދައިދިނުމަށް ހުޅުވި މި ސެންޓަރުން އުރީދޫގެ އެހެން އެކްސްޕީރިއަންސް ސެންޓަރުތަކުންވެސް ލިބޭ ހުރިހާ ހިދުމަތާއި އެހީތެރިކަން ކަސްޓަމަރުންނަށް ލިބިގެންދާނެ އެވެ.

ދެ ވަނަ ފިޔަވަހީގެ ވިނަރެސްގައި ހުންނަ އުރީދޫ އެކްސްޕީރިއަންސް ސެންޓަރު ހުޅުވާފައި ހުންނާނީ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް ހެނދުނު 9 އިން މެންދުރު 12އަށް އަދި މެންދުރު ފަހު 1 އިން 4 އަށެވެ.

ހުޅުމާލޭ ދެ ވަނަ ފޭސްގައި ހުޅުވި އުރީދޫ އެކްސްޕީރިއަންސް ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

މި ސެންޓަރަކީ އެންމެ ފަހުގެ ޓެކްނޮލޮޖީއާއެކު ކަސްޓަމަރުންނަށް ބޭނުންވާ ޓެލެކޮމިއުނިކޭޝަން ބޭނުންތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް ތިބި ތަމްރީނު ލިބިފައިވާ ފަންނުވެރިންގެ ޓީމަކުން މަސައްކަތްކުރާ ސެންޓަރެއްކަންވެސް އުރީދޫން ފާހަގަކުރެއެވެ.

އަދި އާ ސެންޓަރަކީ އިން ޕާސަން ހިދުމަތް ދިނުމުގެ އިތުރުން އުރީދޫގެ ޑިޖިޓަލް ޕްލެޓްފޯމްތައް ބޭނުން ކުރުމަށް ކަސްޓަމަރުންނަށް އިރުޝާދު ދީ، އެމް-ފައިސާމޮބައިލް ޕޭމަންޓް، އުރީދޫ އެޕް ބޭނުންކުރާނެގޮތް ކަސްޓާމަރުންނަށް ކިޔާދޭނެ ތަނެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!