ބޮޑެތި ބަނޑުތައް އަނަރޫފަ ކޮށްލާނެ ގޮތް!
ދެންމެ | 24 އޯގަސްޓް 2024

މާ ބޮޑަށް ފަލަވެ ބަނޑު ލުމަކީ އެކަމުގެ ސަބަބުން މީހާގެ ސިފައަށް ބަދަލުތަކެއް އައިސް ސިއްހަތައްވެސް ގެއްލުން ލިބޭ ކަމެކެވެ. އަދި މިކަމުގެ ސަބަބުން މީހާގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ދަށްވެ، ބައެއް ހާލަތްތަކުގައި އެމީހަކަށް ނަފްސާނީ އަސަރުތަކެއްވެސް ކޮށްފާނެއެވެ. އެހެންކަމުން މިފަދަ މީހުން ބަނޑު ހިންދުމަށް އެކިކަހަލަ ކަންތައް ކޮށް އުޅެއެވެ. އެހެންކަމުން މިފަހަރު މި ހިމަނާލަނީ ފަސޭހަކަމާއެކު ބަނޑު ހިންދައިދޭ ބައެއް ފަނި ނުވަތަ ޖޫސްތަކެވެ.

 

އަލަނާސި ފަނި

އަލަނާސި ފަނި ބުއިމުން ބަނޑުގައި ހުންނަ ސަރުބީ ވިރައި، އޭގެ ސަބަބުން ބަނޑު ހިނދުމަށް އެހީވެދެއެވެ. އޭގައި އެކުލެވިގެންވާ މާއްދާއެއް ކަމަށްވާ ބްރޮމެލައިން އަކީ މީހާގެ ގޮހޮރުގައި ހުންނަ ކާއެއްޗެހި ހަޖަމުކުރުމަށް އެހީވެދޭ، އަދި ދުޅަވުން ކުޑަކޮށްދޭ މާއްދާއެކެވެ. އެހެންކަމުން މި މާއްދާގެ ސަބަބުން މީހާގެ ހަޖަމުގެ ނިޒާމުގެ މަސައްކަތް ރަނގަޅުވެއެވެ. އަދި އޭގެ ސަބަބުން ބަނޑުގައި ހުންނަ ސަރުބީ ވިރި، ބަނޑު ފުއްޕުމުން ދުރުކޮށްދީ ބަނޑު ހިންދައިދެއެވެ.

 

ކަރާ ފަނި

ކަރާ ފަންޏަކީ އެތައް ބަޔަކަށް ކަމުދާ ފަންޏަކަށްވީއިރު، މި ބުއިމުންވެސް ބަނޑު ހިނދެއެވެ. ކަރައަކީ ކެލޮރީ މަދު މޭވާއަކަށްވެފައި، މީގެ ފަނި ބުއިމުން މީހާ ވަރަށް ރަނގަޅަށް ހައިޑްރޭޓު ކޮށްދެއެވެ. އޭގެ ސަބަބުން މި ބުއިމުން މީހާއަށް ގިނަ އިރު ބަނޑު ފުރިފައިވާ ކަމުގެ އިހުސާސު ކުރެވެއެވެ. މީގެ އިތުރުން ކަރާ ފަނީގައި އެކުލެވުގެންވާ އެމިނޯ އެސިޑެއް ކަމަށްވާ އާޖިނައިން އަކީ ސަރުބީ ވިރުމަށް އެހީވެދޭ މާއްދާއެއް ކަމުން، މި ބޭނުން ކުރުމުން ބަނޑު ހިންދައިދެއެވެ.

 

އަންނާރު ފަނި

އަންނާރަކީވެސް ވަރަށް ގިނަ ބަޔަކަށް ކަމުދާ މޭވާއެކެވެ. އަދި މިއީ ބަރުދަން ލުއިކުރާ މީހުންގެ މެދުގައި ވަރަށް މަގުބޫލު މޭވާއެއްވެސްމެއެވެ. އަންނާރަކީ އޭގައި ގިނަ އަދަދަކަށް އެންޓި-އޮކްސިޑެންޓުތަކާއި، ޕްލިފީނޯލް އެކުލެވިގެންވާ މޭވާއެއްކަމުން، އަންނާރު ފަނި ބުއިމުން ހަށިގަނޑު ދުޅަވުން ކުޑަކޮށްދީ ހަށިގަނޑުގައި ހުންނަ ސަރުބީ ވިރުމަށް އެހީވެދެއެވެ. އެހެންކަމުން މި ބުއިމުންވެސް ފަސޭހަކާމާއެކު މީހާގެ ބަނޑު ހިނދޭނެއެވެ.

 

މަސްދަރު: ލައިވްމިންޓު.ކޮމް

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!