ތުއި ބުރުއްސި ޒީނާ ވަކިކުރަން އުޅުމުން އިސްތިއުފާ ދީފި
ދެންމެ | 24 އޯގަސްޓް 2024

ޕަބްލިކް ސާވިސް މީޑިއާ، ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ކަމުގެ މަޤާމުން ޒީނާ ޒާހިރު އިސްތިއުފާދެއްވައިފިއެވެ.

އޭނާ ޕީއެެސްއެމްގެ އެމްޑީގެ މަޤާމަށް އައްޔަށް ކޮށްފައިވަނީ މިދިޔަ އަހަރު ނޮވެމްބަރު މަހުގެ 28ވަނަ ދުވަހުއެވެ.

ޕީއެސްއެމްގެ ތާރީޙުގައިވެސް އެމްޑީ ކަމުގެ މަޤާމަށް އައްޔަންކުރި ފުރަތަމަ އަންހެން މެނޭޖިންގ ޑިރެކްޓަރު ކަމަށްވާ ޒީނާ ޒާހިރަކީ 2006 ވަނަ އަހަރުން ފެށިގެން މީޑިއާ ދާއިރާގައި ގިނަ މަސައްކަތް ކުރައްވާފައިވާ އަދި ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަންވެސް ކުރައްވާފައިވާ ފަރާތެކެވެ.

އެމްޑީ ކަމުގެ މަޤާމުގައި ހުންނަވައިގެން ޕީއެސްއެމްގެ ކުރިއެރުމަށް މުހިއްމު މަސައްކަތްތަކެއް ކުރައްވާފައިވެއެވެ. އެގޮތުން ޕީއެސްއެމްގެ ހުރިހާ މީޑިޔާތަކެއް ފެންނާނެހެން ތައްޔާރުކުރެއްވި މޯބައިލް އެޕް ފާހަގަކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!