ޖާބިރު މަޖިލީހުން އިސްތިއުފާދެއްވައިފި
ދެންމެ | 03 މެއި 2024

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދު ޖާބިރު މަޖިލީހުން އިސްތިއުފާދެއްވައިފިއެވެ.

އިސްތިއުފާ ދެއްވާ މަޖިލީހަށް ޖާބިރު ފޮނުއްވި ސިޓީގައި ވަނީ މެއި 28 ވަަނަ ދުވަހު ފެށޭ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގިނަ ގޮނޑިތަކެއް ސަރުކާރު ހިންގާ ޕާޓީގެ ކެނޑިޑޭޓުންނަށް ލިބިގެން ދިޔުމަކީ ދިވެހިރާއްޖޭގައި ކުރިއަރަމުން އަންނަ ޑިމޮކްރަސީ ފަހަތަށް ސޮއްސައިލައިގެން ދިޔަ ކަމެއްކަމަށެވެ.

 

ޖާބިރު ވިދާޅުވީ އޭނާ މަޖިލީހަށް ނުކުންނަން އެމްޑީޕީގެ ޕްރައިމެރީ ވާދަކޮށް ޓިކެޓް ލިބުމުން ޕާޓީން ބޭރުކޮށް ޕްރައިމެރީގައި ވާދަނުކުރާ މީހަކަށް ޓިކެޓް ވެދުމަށް އެރުވުމަކީވެސް ޑިމޮކްރަސީގެ ރީތި އުސޫލްތަކާއި ހިލާފުކަމެއްކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!