ބަންގާޅީއެއް ރާއްޖެއިން ބޭރުކުރަން އުޅުނު 80،000 ޑޮލަރު އަތުލައިގެންފި
ދެންމެ | 25 އޯގަސްޓް 2024

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިއަދު ބަންގްލަދޭޝްގެ ވެރިރަށް ފުރަން އުޅުނު ބަންގަލަދޭޝްގެ މީހެއްގެ ލަގެޖުގައި ފޮރުވައިގެން ނަގުދު ފައިސާގެ ގޮތުގައި ބޭރުކުރަން އުޅުނު 81،030 ޑޮލަރު ހޯދައި ބަންގްލަދޭޝްގެ މީހަކު ހައްޔަރަށް ގެންގޮސްފި އެވެ.

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ބުނީ އެ ފައިސާ ހޯދާފައިވަނީ މާލެއިން ޑާކާ އަށް ފުރަން އޮތް ޔޫއެސް ބަންގްލާ އެއާލައިނުން ދަތުރުކުރަން ހަމަޖެހިފައި އޮތް ފަސެންޖަރެއްގެ ލަގެޖުން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!