ނިދުމުގެ ބޭނުމެއް އެބަ އޮތް ތަ!
ދެންމެ | 18 އޯގަސްޓް 2023

ނިންޖަކީ އަހަރެމެންގެ އާންމު ދިރިއުޅުމުގެ އެންމެ މުހިންމު އެއް ބައެވެ. ރޭގަނޑު ރަނގަޅަށް ނިދުމަކީ އަހަރެމެންގެ ސިއްހަތަށް ވަރަށް މުހިންމު ކަމަކަށް ވާއިރު، ހަށިގަނޑަށް އަރާމުކޮށް، މަރާމާތުކޮށް، އަލުން ބިނާކުރުމަށް ވަގުތު ހޯދުމަށް ނިދި ވަރަށްވެސް މުހިންމު ރޯލެއް އަދާކުރެއެވެ. ނިދި މަދުވުމުން އަސަރުކުރަނީ ހަމައެކަނި މޫޑަށް ނޫން ކަމަށާއި މޮޓޯ ސްކިލްސް އާއި ކަސްރަތު ކުރުމުގެ ޕާފޯމަންސް އަދި ދިފާއީ ނިޒާމަށް ވެސް އަސަރު ކުރާނެ ކަމަށް، ތަފާތު އެކި ދިރާސާ ރިޕޯޓްތައް ކިޔައިގެން، ތީރު މީޑިއާއަށް ވަނީ ފާހަގަކިރެވިފައެވެ.

 

ނިދި އެހާ މުހިންމު ނަމަވެސް، އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު ދަނީ އަރާމު ނިދިލިބުމުގެ ގާބިލުކަމާ ދެކޮޅު ގިނަ ކަންތައްތައްތަކެއް ކުރަމުންނެވެ. ވެލްނެސް އެކްސްޕަރޓް މައިކަލް ރޮއިޒެން ވިދާޅުވަނީ މިހާރު ނިދި ވެފައިވަނީ ”ސެކްރިފިޝަލް ލޭމްބަކަށް“ ކަމަށެވެ. “އަހަރެމެން ނިދި ޤުރުބާންކޮށްލާފަ ލަސްވެދެން މަސައްކަތްކޮށް، ޓީވީ ބިންޖް ކުރަން ނުވަތަ ސޯޝަލް މީޑިއާ ސްޓޯކް ކުރަން ތިބޭ“ ކަމަށް އޭނާ ވަނީ ފާހަގަ ކޮށްފައެވެ

 

ރަނގަޅު ނިދި ހޯދުމަށް ކާނާއިން މަގު ފަހި ކޮށްދެނީ ކިހާ ވަރަކަށް ބާއޭ މިއީވެސް އުފެދޭ ސުވާލެކެވެ. ”ކާނާ ސީދާ ގުޅިފައިވަނީ ސެރޮޓޮނިން އާ، މިއީ – ވިޓަމިން ބީ6، ބީ12 އަދި ފޯލިކް އެސިޑާއި އެކު – ދުޅަހެޔޮ ނިދި ހޯދުމަށް އެހީތެރިވެދޭ މުހިއްމު ހޯރމޯންތަކެއް،“ ޑައިޓީޝަން ކްރިސްޓިން ކަރކް ޕެޓްރިކް، ވިދާޅުވި އެވެ.

 

ނިދި ދަށްވުމުން ސިއްހަތަށް އަސަރުކުރާ ގޮތް ދެނެގަތުން މުހިންމެވެ — އަދި ރަނގަޅު ކާނާ ކެއުމުން އެހީތެރިވެދޭނެ ގޮތްތައް ވެސް ދެނެގަތުން މުހިންމެވެ.

 

ޑރ.ރޮއިޒެން ވަނީ ނިދި މަދުވުމަކީ އަދައިގެ ކަމެއް ނޫންކަން ފަހަގަ ކުރަވާފައެވެ. އޭނާ ބުނާ ގޮތުގައި ނިދި ނުލިބުމަކީ ސިނގިރޭޓް ބުއިން ނުވަތަ މިނަށްވުރެ ބޮޑަށް ފަލަވުމާ އެއް ކެޓަގަރީއަކަށް ލެވޭނެ ކަމަކަށް ނުވިޔަސް، ނިދި މަދުވެގެން ދިމާވާ ވަރުބަލިކަމަކީ ސިއްހަތަށް ކުރިމަތިވާ ވަރަށްވެސް ބޮޑު ނުރައްކަލެއް ކަމަށެވެ.

 

ނިދާފައި އޮންނައިރު، ހަށިގަނޑާއި ސިކުނޑި އެކި މަރުހަލާތަކުގެ ތެރެއިން — ލުއި ނިދުމުން ފެށިގެން ފުން ނިދި — ރޭގަނޑަކަށް އެތައް ފަހަރަކު ދައުރު ކުރެއެވެ. ހުވަފެން ދެކުން އެއްފަރާތްކޮށްލާއިރު، މި ހުރިހާ ހަރަކާތެއް ހިނގަމުންދާކަން ތިބާއަށް ނޭނގެއެވެ. އެއީ ފަހަރެއްގައި މީހުން ނިދުމަށް ދޭންޖެހޭ ސަމާލުކަން ނުދޭ އެއް ސަބަބު ކަމަށް ވެދާނެއެވެ. ކަސްރަތު ކުރާ ގޮތަށް ނުވަތަ ކެއުމުގެ އާދަތަކަށް އަންނަ ބަދަލެއް “އިހުސާސް” ކުރާ ގޮތަށް މި ކަންތައް އިހުސާސް ނުކުރެވިދާނެއެވެ.

އެކަމަކު ހަމައެކަނި ރޭގަނޑު ރަނގަޅަށް ނިދާ އަރާމުކުރުމުގެ މުހިންމުކަން ދޫކޮށްލައިގެން ނުވާނެ އެވެ. ނިދުމުން ހަށިގަނޑުގެ ސެލްތަކުން ވަރަށް ގިނަ މަސައްކަތް ފަށައެވެ. ”ހަށިގަނޑުގެ އެތެރެއަކީ ޝިފްޓް ވޯކަރުންގެ ބޮޑު ފެކްޓްރީއެއްގެ ގޮތުގައި ވިސްނާށެވެ،“ ޑރ.ރޮއިޒެން ވިދާޅުވި އެވެ. “ސެލްސް ކްލޮކް-އިން ވާނީ ޝަޓް ޑައުން ކުރާއިރު. މުޅި ދުވަހު ހަށިގަނޑަށް — މަސައްކަތުގައި، ކަސްރަތު ކުރާއިރު، ދުވަސް ހޭދަކުރާއިރު — ސެލިއުލަރ ސްޓްރެސްހުންނާނީ ކުރިމަތިވެފަ.“

ނިދާ ގަޑީގަ ހަށިގަނޑުގެ އެކި ކަންކޮޅުތަކުގައި ހަލާކުވެފައި ހުރި ސެލްތަށް މަރާމާތުކުރުމުގެ މަސައްކަތް ދާނީ ކުރިއަށެވެ.ތިބާ ނިދާފައި އޮންނައިރު އެއީ މަސްތައް މަރާމާތުކޮށް، ސިކުނޑީގައި ހުންނަ ނިއުރޯންތައް ބޮޑުކޮށް ވަރުގަދަކޮށް، ހަށިގަނޑުގެ ހަލާކުވެފައިވާ ސެލްތައް ވަރުގަދަކޮށްދޭ ކަމަށް ޑރ ރޮއިޒެން ފާހަގަކުރި އެވެ. މި މަސައްކަތ އެންމެ ރނަގަޅަށް ކުރިއާާސްދާނީ މީހާ ރަނގަޅަށް ނިދާފައި އޮންނަ ގަޑީގައެވެ.

މި ސެލިއުލަރ ފިކްސަރުތަކަށް މަސައްކަތް ކުރުމަށް އެކަށީގެންވާ ވަގުތު ނުދީފިނަމަ، ހަށިގަނޑު ދުވަހަކުވެސް ފުރިހަމައަށް މަރާމާތު ނުވެ، ތަންކޮޅެއް ނާޒުކުވެ، ދުޅަހެޔޮ ސިއްހަތެއްގައި ހުންނަން އުނދަގޫވެގެން ދެއެވެ. އަމަލީ ގޮތުން ބަލާއިރު، ޑރ.ރޮއިޒެން ވިދާޅުވާ ގޮތުގައި ނިދި މަދުވުމަކީ ދިފާއީ ނިޒާމުގެ މައްސަލަތަކާއި، ހަނދާނުގެ މައްސަލަތަކާއި، ސްޓްރެސް ލެވެލް މަތިވުމާއި އަދި ފަލަވުން ވެސް މެދުވެރިވާ ސަބަބެކެވެ.

ގުޅުންހުރި ލިޔުންތައް