ރީދޫ ފެން ބުއިމުން ދޮންކޮށްދީ މޫނު ހަންގަނޑު އޮމާން ކޮށްދޭ!
ދެންމެ | 28 އޯގަސްޓް 2024

ރީނދުލަކީ އަޅުގަނޑުމެންގެ ތެރޭގައި ގިނަ ގޭގޭގެ ބަދިގޭގައި ހުންނަ، އެތައް ބަޔަކު ޒަމާނުއްސުރެ ކާއެއްޗެހި ތައްޔާރު ކުރުމަށް ބޭނުން ކުރަމުން އައިސްފައިވާ މާއްދާއެކެވެ.

ރީނދުލަކީ ހަށިގަނޑަށް ފައިދާހުރި އެތައް މާއްދާއެއް އެކުލެވިފައިވާ އެއްޗަކަށްވީއިރު، ރީނދޫ ފެން ބުއިމުން މީހާގެ ހަންގަނޑު ރީތިކޮށްދީ، މީހާ ޒުވާންކަންމަތީ ގިނަ ދުވަހު ދެމެހެއްޓުމަށް އެހީވެއެވެ.

މިފަހަރު މިހިމަނާލަނީ ކޮންމެ ދުވަހަކު ގަވާއިދުން ރީނދޫ ފެން ބޯނަމަ ހަންގަނޑަށް ލިބޭ ފައިދާތަކެވެ.

 

މޫނުގައި ހުންނަ ބިހި ރަނގަޅު ކޮށްދޭ

ރީނދުލުގައި ހިމެނޭ މާއްދާއެއް ކަމަށްވާ ސާކިއުމިން އަކީ ޖަރާސީމާ ދެކޮޅަށް ހަނގުރާމަ ކުރާ، އަދި އެންޓި-އިންފްލެމޭޓަރީ ޕްރޮޕަޓީތަކެއް އެކުލެވިގެންވާ މާއްދާއެކެވެ. އެހެންކަމުން ކޮންމެ ދުވަހަކު ގަވާއިދުން ރީނދޫ ފެން ބޯނަމަ މީހާގެ މޫނުގައި ހުންނަ ބިހިތަކާއި، މޫނުގައި ހުންނަ ފާރުތައް ރަނގަޅުކުރުމަށް އެހީވެދެއެވެ. އަދި އޭގެ ސަބަބުން މީހާގެ މޫނުމަތި އޮމާންވެ، ރީތި ވެގެން ދެއެވެ.

 

ހަންގަނޑު ޒުވާންކަންމަތީ ދަމަހައްޓަދޭ

ރީނދުލަކީ ތަފާތު އެކި އެންޓި-އޮކްސިޑެންޓުތައް ހިމެނޭ އެއްޗެކެވެ. މި އެންޓި-އޮކްސިޑެންޓުތަކަކީ ފްރީ ރެޑިކަލްތަކާ ދެކޮޅަށް މަސައްކަތް ކުރާ މާއްދާތަކެވެ. އެހެންކަމުން ކޮންމެ ދުވަހަކު ރީނދޫ ފެން ބުއިމުން މީހާ އަވަހަށް މުސްކުޅިވުމުން ދުރުކޮށްދީ، މީހާގެ ހަންގަނޑު ޒުވާންކަންމަތީ ދަމަހައްޓައި ދިނުމަށް އެހީވެދެއެވެ. އަދި ހަމަ އެހެންމެ މޫނުގައި ރޫ ޖެހުން ފަދަ ކަންކަމުންވެސް ދުރުކޮށްދެއެވެ.

 

ހަންގަނޑު އަލިކޮށްދޭ

ރީނދުލަކީ ހަންގަނޑު އަލި ކޮށްދޭ އެއްޗެއްގެ ގޮތުގައި މަޝްހޫރު ވެފައިވާ އެއްޗަކަށްވީއިރު، ތަފާތު އެކި ގޮތްގޮތަަށް މީހުން މި ބޭނުން ކޮށް އުޅެއެވެ. މީގައި ހިމެނޭ އެންޓި- އިންފްލެމޭޓަރީ ޕްރޮޮޓީތަކުވެ ސަބަބުން މީހާގެ މޫނުމަތި ރަތްވުމުން ދުރުކޮށްދީ، މޫނުމަތި ތާޒާ ކަމަށް ދައްކައެވެ. އެހެންކަމުން ކޮންމެ ދުވަހަކު ރީނދޫ ފެން ބޭނުން ކުރާނަމަ މީހާގެ ހަންގަނޑު އަލިކޮށްދީ، މީހާގެ މޫނުގައި ހުންނަ ލަތްތައް ފިލުވައިދީ މޫނު ރީތިކުރުމަށް އެހީވެދެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!