ރުކު ކުރީގެ ކުރުބާ އިހަލާއި ބޮނޑިގަނޑާއިއެކު ބޯނެ މީހަކު ބޯން ވިއްކާ ނުލާ!
ދެންމެ | 07 ސެޕްޓެމްބަރ 2023

ދިވެހިރާއްޖޭގެ ގިނަ ރަށްތަކުގައި އެރަށްތަކުގެ ގެވަޅުތަކަކީ ކޮންމެވެސް މިންވަރަށް ހުސް ޖާގަ އޮންނަ ތަންތަނެވެ. އެތަންތަނުގައި އާއްމުކޮށް ހައްދާ އުޅޭ ގަސްގަހާގެހީގެ އެއް ބާވަތަކީ ރުކެވެ. ކުރުނބާ ރުއްރުކެވެ. ބައެއް ރަށްރަށުގައި ބައެއްމީހުންނަށް ގެވަޅު ދޫކޮށްފައި ހުންނަ ފަޅު ގެވަޅުތަކުގައިވެސް ރުއް ހައްދާ އުޅެއެވެ. އަދި އަތިރިމަތިތަކުގައްޔާއި ހޭޅީގައްޔާއި ވަލުތެރޭގައިވެސް ރުއްރުއް ހުރެއެވެ. ކޮންމެ ރުކެއްމެ ނިސްބަތްވަނީ ކޮންމެވެސް މީހަކަށެވެ.

 

އަހަރެމެންގެ ދިރިއުޅުމުގެ ވައްޓަފާޅީގައި ފައިސާ ހޯދުމާއި ލާރި ހޯދުން މި އޮންނަނީ ދިރިއުޅުމުގެ އެއް އަސާސްގެ ގޮތުގައެވެ. ވީ އިރު އެ ފައިސާ ހޯދަށް، އެ ދޭ މީހާ ބުނާ އެއްޗެއް ވިއްޔާ ވިއްކާފާ ނުވަތަ ކުރަން ބުނާ ކަމެއްވިއްޔާ ގިނަ ފަހަރަށް ކުރެވެއެވެ. މި ދެންނެވީ ހަލާލު ކަންކަމުގެ ވާހަކައެވެ. އެގޮތުން އަމިއްލަ ރުއްރުކުގައި ހުންނަ ކުރުނބާ އިހާތައް ކުރުނބާތަކާއި އެކު ވިއްކާލާ މަންޒަރަކީ ވަރަށް އާއްމުކޮށް ފެންނަ މަންޒަރެކެވެ. ދިހަ ކުރުނބަލުން ނުވަ ކުރުނބަލުން ހުންނަ އިހާއިހާ ވިއްކާލާތަން އެބަ ފެނެއެވެ. ކުރުނބަލެއް ދިހަ ރުފުޔާ ބާރަ ރުފިޔާ އަށެވެ. ފަނަރަ ރުފިޔާ ސޯޅަ ރުފުޔާ އަށެވެ.

 

އެނގޭހެއްޔެވެ؟ ކުރުނބަލެއްގެ އަގަކީ އެއީއެއް ނޫނެވެ. މާތް ﷲ އިންސާނުންނަށްޓަކައި ލައްވަވާފައިވާ ކާނާގެ ތެރެއިން ކުރުނބަލަކީ އޭގެ އަޖައިބު ބޮޑު މޭވާއެކެެވެ. ބޯ ބޮނބިގަނޑަކާއި ހަރު ނާށިގަނޑެެއްގެ އެތެރޭގައި އޮންނަ ސާފު މީރު އެ ފެންފޮދާއި، އެ ފެންފޮދުން އުފެދި ނާށިގަނޑުގައި ލާފާ ހުންނަ ސާފު ހެވަލަކީ އޭގައި އިންސާނާގެ ސިއްހަތަށް ނުހަނު ފައިދާހުރި ތަކެއްޗެވެ. ކުރުނބަލުގައި ފޮނި ރަހައެއް ހުރިނަމަވެސް އެއީ އިލެކްޓްރޯލައިޓްސް އޭ ކިޔާ ކެވެނީގެ މާއްދާތަކަކުން މުއްސަނދިވެފައިވާ މޭވާއެކެވެ. ޕޮޓޭސިއަމާ މެގްނީޝިއަމާ ސޯޑިއަމާއި އަދި ގުލްކޯޒުފަދަ ހަކަތަ ލިއްބައިދޭ މާއްދާތަކަކީ ކުރުނބަލުގައި ނިހާޔަތައް ގިނަ މާއްދާތަކެވެ.

 

އާދޭހެވެ! އިސްވެ ދެންނެވި މާއްދާތައް ފުޅިފުޅީގައި އައިވީ ފުޅިގޮތަށް ބަންދުކޮށްފައި ހުންނަނީ އެކިފުޅީގައި އެކި މާއްދާ ގިނަކޮށް ހުންނަ ގޮތަކަށެވެ. ވިހި، ފަންސަވީހަށް ހުންނަ މިއިން ފުޅިއަކުން ނުކުރާ ފައިދާ އެއްމެ ކުރުނބަލެއްގެ ފެނުންނާއި ހެވެލިން ކުރެއެވެ. ވީއިރު މާތް ﷲ އިންސާނައަށް ދެއްވާފައިވާ މިހާ ފުރިހަމަ ނިއުމަތެއް އެހެން ވިއްކާނުލާށެވެ. އަހަރެމެންގެ ސިއްހަތަށްޓަކައި، އަދި އަހަރެމެންގެ މައިންނާއި އަނބިންނާއި ފިރިންނާއި ބަފައިންނާއި އަދި ދަރީންނާއި ދަރީންގެ ދަރީންގެ ސިއްހަތަށް ހެވެއް އެދޭނަމަ، އެ ކުރުނބާތައް ވިއްކާނުލާ ކާލާށެވެ. ގުދުރަތުން ލިބިދޭ އެ މީރު އަފި އެހާމެ ފައިދާކުރާ އެ ބުއިމުގެ އަގަކީ ފަނަރަ ރުފިޔާއެއް ނޫނެވެ. އޭގެ އަގު އެހާ ދަށްކޮށް ނުލާށެވެ. ޑަކްޓަރުންވެސް ބުނާގޮތުފައި އައިވީ ފުޅީގެ ފަސް، ހަ ފުޅިއާއި، ކުރުނބަލެއްގެ ފެނާއި ހެވެލި ބައްދަލު ނުވާނެއެވެ. އެއަށްވުރެ ކުރުނބަލުގެ ފައިދާ ބޮޑުވެފައު ގިނަ ވާނެއެވެ. ތަފާތަކީ ބޯ ބުއިމާއި، ނާރުގެ ތެރެއަށް ސީދާކޮށް ދާ ދިއުން އެކަންޏެވެ.

 

ކަންމިހެން ހުރުމާއި އެކު، ގެވަޅުތެރޭގައި ހުންނަ ރުއްރުކުގައި އަޅާ ކުރުނބާތައް ވިއްކާ ނުލަމާ ހިނގާށެވެ. އޭގެ ބަދަލުގައި އެއިން ކުރުނބަލެއް ބޮވޭތޯ ބަލާށެވެ. ނުވަތަ ހެޔޮ ނިޔަތަކާއި އެކު އެހެން މީހަކަށް ދެވޭތޯ ބަލާށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!