ދެކަމު ހާޖިތަށް ދިއުމުގެ އަދަބުތައް!
ދެންމެ | 30 އޯގަސްޓް 2024

* ޤަޟާ ޙާޖަތް ކުރުމުގެ އަދަބުތައް
* ޤިބްލައަށް ކުރިމަތިލައިގެން، އަދި ޤިބްލައަށް ފުރަގަސްދީގެން ޤަޟާޙާޖަތް ނުކުރުން.
* ޤަޟާޙާޖަތް ކުރުމުގައި އަދި ޠާހިރުވުމުގައި ކަނާތް ބޭނުން ނުކުރުން.
* މީސްތަކުންނަށް އަޢުރަ ނުފެންނާނެ ފަދަ ތަނެއްގައި ޤަޟާޙާޖަތް ކުރުން.

* ފާހާނާއަށް ވަނުމުގެ ކުރިން އަދި ފާހާނާއިން ނިކުމެ ދުޢާ ކިޔުން.
* ކުޑަ ގިފިލި ކުރުމުގައި އަދި ޠާހިރުވުމުގައި ޚާއްސަ ސަމާލުކަމެއް ދިނުން (މިގޮތުން ވައިމަތީ ގައި ހުރެ ކުޑަގިފިލި ނުކުރުމާއި، ފެންވަރާ ތަނަށް ކުޑަ ގިފިލި ނުކުރުން).
* ތިން ފަތްކޮށް ވިތުރި އަދަދަކުން ދޮވުން ނުވަތަ ފޮހެ ޠާހިރުވުން.
* ފޮހެ ހެދުމުގައި ނަޖިހަކުން ނުވަތަ ޖަނަވާރެއްގެ ކަށިން ފޮހެ ނުހެދުން.
* ނުހިނގާ ފެންގަނޑަކަށް ޤަޟާޙާޖަތް ނުކުރުން.
* މީސްތަކުން ހިނގާ ބިނގާވެ އުޅޭ މަގުތަކާއި، ހިޔާ ލިބުމަށް ޖަމާވާ ތަންތަނަށް ޤަޟާޙާޖަތް ނުކުރުން.
* ޤަޟާޙާޖަތް ކުރަން ހުންނަ ވަގުތު ﷲ ގެ ޒިކުރު ކުރުމާއި، ސަލާމް ގޮވުމާއި، ސަލާމަށް ޖަވާބު ދިނުން ފަދަ ކަންކަމުން އެއްކިބާވުމާއި، ޤަޟާ ޙާޖަތް ކުރާ ވަގުތު ޙާޖަތަކަށް މެނުވީ ވާހަކަ ނުދެއްކުން.
* ފާހާނާއަށް ވަނުމަށް ވާތުފައި އިސްކުރުމާއި، ނިކުންނަން ކަނާތުފައި އިސްކުރުން.
* ކީރިތި ޤުރުއާނުގެ އާޔަތްތަކާއި ޙުރުމަތްތެރިވެގެންވާ ލަފްޒުތައް ހިމެނޭ އެއްވެސް އެއްޗެއް ފާހާނާއަށް ނުވެއްދުން.
* ހޮރުހޮރާއި ޤަބުރުސްތާނު ފަދަ ތަންތަނަށް ޤަޟާ ޙާޖަތް ނުކުރުން.
* ކުޑަ ގިފިލީގެ ނަޖިސް ބުރައިގެން ދިއުމުގެ ބިރެއް ނެތް ހާލަތްތަކުގައި ފިރިހެނުން ކޮޅަށް ހުރެގެން ކުޑަ ގިފިލި ކުރެވިދާނެ.
* ޤަޟާޙާޖަތް ކުރުމަށްފަހު އަތްދޮވުން.
* ޙާޖަތަށް ފުދޭ ވަގުތައް ވުރެ ގިނަ ވަގުތު ފާހާނާގައި ހޭދަނުކުރުން.
* ފާހާނާގައި ފެން އިސްރާފު ނުކުރުން.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!