ބުރިޖުން ލޭނެއް ވަގަށް ނެނގި ކަމަށް ބުނެ، އަދުރޭ މިހާރު އެފެށީ ރައީސް ޑރ. މުއިއްޒު ހަލާކު ކުރުމުގެ މަސައްކަތް ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނުގެ ޕާޓީ ޕީއެންއެފްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ބްރިޖުން ލޭނެއް ޑރ. މުއިއްޒުގެ ހައުސިންގ މިނިސްޓަރުގައި ގެއްލިފައިވާ ކަމަށް ބުނެ އަދުރޭ އެވާހަކަ ދައްކަނީ ސީދާ ރައީސް މުއިއްޒުގެ ބޮލުގައި ފައިސާގެ ވަގު ބަދުނާމް އަޅުވަން ކަމަށެވެ.
“މިހާރު އަބުދުއްރަހީމް އެދިމާ ކުރީ މުއިއްޒު ކޮމްޕޮރޮމައިޒް ކުރަން. ލޭނެއް ނެތޭ. މުއިއްޒާއި މިމަައްސައްކަތް ހަވާލު ކުރީމަ މުއިއްޒު މި އޮތީ ލޭނެއް ވަގަށް ނަނގާފަ އޭ. އެ ކޮން ތުހުމަތެއް ތޯ އެ އަންނަނީ. ފައިސާގެ ތުހުމަތު ނޫން ތޯ އެއަންނަނީ.“ ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ އަދުރޭ މިހާރު އެފެށީ ރައީސް މުއިއްޒު ކޮމްޕްރޮމައިޒް ކުރުމުގެ މަސައްކަތް ކަމަށާއި ރައީސް މުއިއްޒުގެ ހައުސިންގ މިނިސްޓަރ ކަމުގައި ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ބުނެ އަދުރޭ ވާހަކަ ދައްކަނީ އެހެން ވެގެން ކަމަށެވެ.