އިބޫގެ ޅިޔަނު ނޫރައްދީން އިބޫއަށް ތާއީދު ކޮށްފި
ދެންމެ | 21 ޖެނުއަރީ 2023

ރާއްޖޭގައި ފުޅާދާއިރާއެއްގައި އެކިއެކި ވިޔަފާރި ކުރައްވާ ރައީސް ސޯލިހްގެ ޅިޔަނު އިބްރާހީމް ނޫރުއްދީނު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވާކަން ހާމަކުރައްވައިފިއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ބޯޑު މެމްބަރުކަންވެސް ކުރައްވާ އިބްރާހީމް، ރައީސް އިބްރާހީމަށް ތާއީދުކުރައްވާކަން ހާމަކޮށް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދެ ކެނޑިޑޭޓުންވެސް ވަރަށް ރަނގަޅަށް އެނގޭކަމަށާއި އޭނާ އާއި އޭނާގެ އާއިލާއިން ވަނީ އެ ދެކެނޑިޑޭޓުންނަށް އެކިއެކި ކަންކަމުގައި އެތައްގޮތަކުން އެހީތެރިވެފައިކަމަށެވެ. އަދި ރާއްޖެއަށް މިވަގުތު ބޭނުންވަނީ ހަމަޖެހުން ކަމަށާއި، މަޝްވަރާކޮށް ރަނގަޅު ނިންމުންތައް ނިންމާ ވެރިއަކު ބޭނުންވާ ކަމަށެވެ. އަދި އެހެން ކަމުން ތާއީދު ކުރަނީ ރައީސް އިބްރާހީމްއަށް ކަމަށް އިބްރާހީމް ނޫރުއްދީނު ޓުވީޓުކޮށްފައިވެއެވެ.

އިބްރާހީމް ނޫރުއްދީނަކީ ރައީސް އިބްރާހީމްގެ އަނބިކަނބަލުން ފަޒުނާ އަހުމަދުގެ ދައްތަގެ ފިރިމީހާއެވެ. އަދި އެދެމީހުންގެ ދަރިކަނބަލުން ސަބުރާ ނޫރުއްދީނަކީ ރައީސް ސޯލިހުގެ ތިމާވެއްޓާއި ބެހޭ ހާއްސަ މުޝީރެވެ.

އިބްރާހިމް ނޫރައްދީނުގެ އެކިއެކި ވިޔަފާރިތަކަށް މަންފާވާގޮތަށް މިސަރުކާރުގެ އެކިއެކި ސިޔާސަތުތައް ބައްޓަން ކުރާކަމަށް އަބަދުވެސް ތުހުމަތުކުރެވެއެވެ. އަދި އެމްއޭސީއެލްގެ އެކިއެކި މަޤާމުތަކަށް މީހުން އައްޔަން ކުރުމުގައިވެސް އިބްރާހީމް ނުރުއްދީނުގެ ނުފޫޒު ވަރަށް ބޮޑެވެ.

މަހުޖަނު އިބްރާހީމް ނޫރުއްދީނު ރައީސް އިބްރާހީމަށް ތާއީދުކުރަން ނިންމި އިރު ރާއްޖޭގެ އެންމެ ނުފޫޒު ގަދަ އެއް ބޭފުޅާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ވަނީ ރައީސް ނަޝީދަށް ތާއީދު ކުރައްވާކަން ނުސީދާ ގޮތެއްގައި ހާމަކުރައްވާފައެވެ. މިގޮތުން އުއްޗުގެ ރިސޯޓަކަށް ނަޝީދު ގެންގޮސް، ނަޝީދަށް އުއްޗު އާއި ބެހޭ ފޮތެއް ހަދިޔާކޮށް، ރިސޯޓުގައި ނަޝީދާއިއެކު މަޝްވަރާތައް ބޭއްވެވިއެވެ

ގުޅުންހުރި ލިޔުންތައް
  1. ބޮޑުވެރި

    އަޙާ އާއިލީވެރިކަމެއް ނޫންތީދޯ؟ މީހުންގެ ލޮލުގަ ްަދުން އަޅުވަން ތިވަރެއް ނެތް ބޮނޑު ދޮގުވެރިއެއް