އޭނާ އަދި މަރެއް ނުވޭ: ފުލުހުން🚔
ދެންމެ | 01 ސެޕްޓެމްބަރ 2024

އަންހެނަކު ރަހީނު ކުރި މައްސަލާގައި ފުލުހުން ހައްޔަރު ކުރި މީހާ މަރުވި ކަމަށް ބުނެ ފަތުރަމުންދާ ޚަބަރު ފުލުހުން ދޮގު ކޮށްފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާފަންނުގެ ގެއެއްގައި އަންހެނަކު ރަހީނުކޮށް ވަޅިިން ބިރުދައްކައިގެން އުޅުނު އަހުމަދު އަތުހަރު، ހެޕީލޭންޑް، ށ. މިލަންދޫ ދަންޖެހިގެން މަރުވެފައިވާ ކަމަށް މިރޭ ނޫހަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

އެވާހަކަ ދޮގުކުރައްވައި ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، އެ މީހާ އަމިއްލައަށް މަރުވާން މަސައްކަތް ކޮށްފައިވާ ކަން ކަށަވަރު ކޮށްދެއްވާފައެވެ. އަދި މިވަގުތު އޭނާ އަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ކަމަށްވެސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!