މިސްކިތެއް ކުއްޔަށް ދިނުމަށް ކޮމަންޑޫ ކައުންސިލުން އިއުލާން ކޮށްފި
ދެންމެ | 19 އޯގަސްޓް 2022

މިސްކިތެއް ކުއްޔަށް ދިނުމަށް ކޮމަންޑޫ ކައުންސިލުން އިއުލާން ކޮށްފި އެވެ.

ށ. އަތޮޅު ކޮމަންޑޫ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ މަސްޖިދުލް ނަޖާހް ސައުގުވެރިވާ ފަރާތަކަށް މަހު ކުއްޔަށް ދިނުމަށް އެކައުންސިލުން ނިންމާފައިވާ ކަމަށެވެ.

މިމަހުގެ 17 ވަނަ ދުވަހު ކޮށްފައިވާ އިއުލާންގައި ބުނެފައިވަނީ ސައުގުވެރިވާ ފަރާތްތަކުން 25 އޯގަސްޓް 2022 ވަނަ ދުވަހުގެ ކުރިން އެ އިދާރާއަށް މަހު ކުލީގެ އަގު ހުށަހެޅުމަށެވެ.

ކައުންސިލް މެމްބަރު ފާތުމަތު އާދަމް ސޮއި ކުރައްވާ ނެރުއްވާފައިވާ އިއުލާންގައި އިތުރު މައުލޫމާތު ސާފު ކުރުމަށް އެ އިދާރާގެ ފޯން ނަމްބަރަށް ގުޅުމަށް ވެސް އެދިވަޑައިގެންފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް