ރާއްޖެއިން ބޭރުކުރަން އުޅުނު 2.2 މިލިޔަން ރުފިޔާގެ ބޭރު ފައިސާ އަތުލައިގެންފި
ދެންމެ | 03 ސެޕްޓެމްބަރ 2024

ވައިގެ މަގުން ރާއްޖެއިން ބޭރުކުރަން އުޅުނު 2.2 މިލިޔަން ރުފިޔާގެ ބޭރު ފައިސާ އަތުލައިގެންފި އެވެ.

އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި އަތުލައިގެންފައި ވަނީ 94000 ޑޮލަރާއި 35000 ޔޫރޯ އާއި 3500 ފުރޭންކެވެ.

މިމައްސަލައިގައި އަތުލައިގެންފައި ވަނީ އިންޑިޔާ ރައްޔިތެއް ކަމަށް މައުލޫމާތު ލިބެ އެވެ. މީނާ އަތުލައިގެންފައި ވަނީ ވައިގެ މަގުން މި ފައިސާ ބޭރުކުރަން އުޅެނިކޮށެވެ.

 

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!