ސޯޝަލް މީޑިއާގައި އާންމުވެފައިވާ އެ އޯޑިއޯގައި ފިރިހެން ފުލުހަކު ވަރަށް ހުތުރުކޮށް އަންހެނަކާ ވާހަކަ ދައްކާ އަޑު އިވެއެވެ. އަދި އެ ފުލުސް މީހާގެ ފޮޓޯއާއި ނަންވެސް އެ ޕޯސްޓުތަކުގައި ހިމަނާފައި ވެއެވެ.
އެ އޯޑިއޯގައި އަންހެން މީހާއަށް ވަޅިން ހަމަލާ ދޭނެ ކަމަށާއި އަދި އޭނާގެ ޒިންދަގީ ދުއްވާލާނެ ކަމަށް ވެސް ބުނެފައި ވެއެވެ.
އޭގެ އިތުރުން އެ ފިރިހެން ފުލުސް އަންހެން މިހާއަށް އިންޒާރުދީ ކޮށްފައިވާ މެސެޖުތަކުގެ ސްކްރީން ޝޯޓެއް ވެސް ދަނީ ދައުރުވަމުން ނެވެ.
އެކަމާ ގުޅިގެން ސުވާލުކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެފަދަ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ބަލަމުންދާ ކަމަށް ވެސް ބުންޏެވެ.
މަރުގެ އިންޒާރުދީ މަރާލަން އުޅުނު ބޮޑު މައްސަަލައެއް މިދިޔަ ހަފްތާގައި ވެސް ފެންމަތިވި އެވެ. އެކަމުގައި އުޅުނު މީހާ ފަހުން ވަނީ ދަން ޖެހިގެން މަރުވެފަ އެވެ.