ކަނބަލުން ރީތި ފުވައްމުލަކުން ޓޫރިޒަމަށް ބިން ދޫކުރަން ނިންމައިފި
ދެންމެ | 05 ސެޕްޓެމްބަރ 2024

ފުވައްމުލަކު ބަނދަރު ސަރަޙައްދުން ޓޫރިޒަމަށް ބިން ކުއްޔަށް ދޫކުރުމަށް އެރަށު ސިޓީ ކައުންސިލުން ނިންމައިފި އެވެ.

ފުވަމުލަކު ކައުންސިލުން ކުރި ޢިޢުލާނުގައި ބުނެފައިވަނީ، އެރަށު ބަނދަރު ސަރަހައްދުން ޓޫރިޒަމަށް ބިން ކުއްޔަށް ދިނުމަށް ހަމަޖެހިފައިވަނީ ބިޑު އުސޫލުން ކަމަށެވެ. އެގޮތުން ބިޑު ޑޮކިއުމެންޓެއްގެ އަގަކީ 100 ( ސަކޭތަ ) ޑޮލަރ ކަމަށް ވަނީ ބުނެފައެވެ.

ޢިއުލާނުގައި ބުނެފައިވާ ގޮތުން ބިޑް ހުށަހެޅޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބިޑް ޑޮކިއުމެންޓް ގަނެފައިވާ ފަރާތްތަކަށެވެ. އަދި ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެފަރާތެއްގެ ނަމުގައި އެއް ޕްރޮޕޯސަލް ކަމަށް ޢިއުލާނުގައި ވެއެވެ.

ބިޑް ވިއްކުން އޮންނާނީ 05 ސެޕްޓެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 11:00 އިން ފެށިގެން 11 ސެޕްޓެމްބަރ 2024 ވާ ބުދަ ދުވަހުގެ މެންދުރު 13:00 އާއި ހަމައަށެވެ. ބިޑް ޑޮކިއުމެންޓް ގަތުމަށް ބޭނުންވާ ފަރާތްތަކުން އެ އިދާރާގެ ޕްރޮކިއުމަންޓް ޔުނިޓްގެ މެއިލްއަށް ([email protected]) ބިޑް ގަންނަން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް، ފޯން ނަންބަރު، އީމެއިލް އެޑްރެސް) މެއިލްކޮށްދެއްވުމަށް ވަނީ އެދިފައެވެ.

ބީލަމާއި ގުޅޭ މައުލޫމާތު ބައްދަލުވުން 12 ސެޕްޓެމްބަރ 2024 ވާ ބުރާސްފަތި ދުވަހު 11:00 ގައި ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާގެ އަތޮޅުގެ މީޓިންގ ރޫމްގައި ބޭއްވުމަށް ވަނީ ނިންމައިފައި އެވެ. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮތީ 17 ސެޕްޓެންބަރ 2024 ވާ އަންގާރަ ދުވަހުގެ 09:00 ގައި ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާގެ އަތޮޅުގެ މީޓިން ރޫމް ގައެވެ.

އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ފުވައްމުލަކު ސިޓީ ކައުންސިލްގެ ނަންބަރު 6862812 އަށް ގުޅައި މައުލޫމާތު ސާފުކުރެވޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!