މިރޭ ރާއްޖެއަށް ޕްލެނެޓް ސެޓަން ފެންނާނެތީ މައުމޫން އުފަލުން ފޮޅިއްޖެ
ދެންމެ | 06 ސެޕްޓެމްބަރ 2024

ހުކުރު ދުވަހުގެ ރޭ ރާއްޖެ އަށް ސެޓަން ޕްލެނެޓް ވަރަށް ރީތިކޮށް މިރޭ ރާއްޖެ އަށް ފެންނާނެއެވެ.

ރައީސް މައުމޫނު އެކްސް ގައި ކުރްއްވާފައިވާ ޕޯސްޓެއްގައި ވަނީ އިރުގެ އާއިލާއަށް ނިސްބަތްވާ އެއްމެ ބޮޑު ޕްލެނެޓް ކަމަށްވާ ސެޓަން މިރޭ ރާއްޖެއަށް ވަރަށް ރީތިކޮށް ފެންނާނެކަމަށެވެ.

އެމަނިކުފާނުގެ ޕޯސްޓުގައިވާގޮތުން ސެޓަން އަރާނީ މިރޭ 20:14 ގައެވެ. އަދި ސެޓަން އޮއްސޭނީ މާދާމާ ހެނދުނު 06:37 ގައެވެ.

ރައީސް މައުމޫނަކީ ސޯލާ ސިސްޓަމާ ގުޅޭ މައުލޫމާތުތައް ވަރަށް ގިނައިން ހިއްސާކުރައްވާ އެ ދާއިރާއަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް ބަޖހައްޓަވާ ބޭފުޅެކެވެ.

ސެޓަން އަކީ ދުނިޔެއަށްވުރެ 9 ގުނަ ބޮޑު ޕްލެނެޓެކެވެ. ދިވެހިބަހުން އެޕްލެނެޓަށް ކިޔަނީ ”ޒުހަލް“ އެވެ.
ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!