ދިޔާކޮށް، ހުއްޓުމެއް ހިފެހެއްޓުމެއް ނެތި، އުރީދޫ 5ޖީ ލިބޭ!
ދެންމެ | 09 ސެޕްޓެމްބަރ 2024

އުރީދޫން ކުރި އިއުލާނެއްގައި ބުނީ 5ޖީގެ ހިދުމަތް ފެށުމަށް ކުރަމުން އަންނަ މަސައްކަތްތައް ވަރަށް ރަނގަޅަށް ކުރިއަށްދާ ކަމަށާއި މި ޕްރޮޖެކްޓްގެ ފޭސް ތިނެއްގެ ފުރިހަމަ ކަވަރޭޖް ލިބޭނެ ކަމަށް ބެލެވޭ ކަމަށެވެ.


މިދިޔަ ދެތިން ހަފްތާތެރޭގައި އެކި ސަރަހައްދުތަކުން އާންމުންގެ ސަމާލުކަން ލިބިފައިވަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ހަރުކޮށްފައިހުރި ރަތްކުލައިގެ ޕޯސްޓަރަކަށެވެ. ރަތް ކުލައިގެ ގަނޑެއްގައި ހުދުކުލައިން ”ލިބޭ“ ޖަހާފައިވާ މި ޕޯސްޓަރުގެ ސިއްރަކީ ކޮބައިތޯ ބަލާލުމަށް ގިނަ ބަޔަކު ދިޔައީ ސުވާލުކުރަމުންނެވެ.

އާންމުންގެ މެދުގައި ހަފުތާއެއްވަންދެން ޝައުގުވެރިކަން އުފެދުމަށް ފަހު، އުރީދޫއިން މިއަދު ވަނީ މި ޕޯސްޓަރުގެ ހަގީގަތް ހާމަކޮށްފައެވެ. އުރީދޫއިން ސޯޝަލްމީޑިއާގައި އާންމުކުރި ވީޑިއޯއިން އެނގޭގޮތުގައި ރާއްޖޭގެ 60 ޕަސެންޓަށް މިހާރު އުރީދޫގެ 5ޖީ ލިބޭނެއެވެ. އުރީދޫން ކުރި އިއުލާނެއްގައި ބުނީ 5ޖީގެ ހިދުމަތް ފެށުމަށް ކުރަމުން އަންނަ މަސައްކަތްތައް ވަރަށް ރަނގަޅަށް ކުރިއަށްދާ ކަމަށާއި މި ޕްރޮޖެކްޓްގެ ފޭސް ތިނެއްގެ ފުރިހަމަ ކަވަރޭޖް ލިބޭނެ ކަމަށް ބެލެވޭ ކަމަށެވެ.

މި ފުޅާކުރުމާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުރީދޫ ކަސްޓަމަރުންނަށް އިންޓަނެޓްގެ ސްޕީޑް ހަލުވިވެ، ލެޓެންސީ ދަށްވެ، މުޅި މޮބައިލް ނެޓްވޯކްގެ ތަޖުރިބާ އިތުރަށް ފުރިހަމަވެގެންދާނެ އެވެ. އަދި އެންމެ ފަހުގެ މި ކުރިއެރުމުގެ ސަބަބުން ކަސްޓަމަރުންނަށް 5ޖީގެ ފުރިހަމަ ތަޖުރިބާއެއް ލިބިގެންދާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!