ވަޒީރަކު ބޭނުން ގޮތަކަށް މަޖިލީހެއް ނުހިންގޭނެ ކަމަށް ނަސީދު ވިދާޅުވެއްޖެ
ދެންމެ | 31 އޮކްޓޯބަރ 2022

ސަރުކާރު ބޭނުންވާހާ ގޮތަކަށް މަޖިލިސް ނުހިންގޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ސަރުކާރު ނުވަތަ ވަކި ސިޔާސީ ޕާޓީއެއް ބޭނުންވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ނުގެންދެވޭނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ޓެކްސް ބޮޑު ކުރަން ސަރުކާރުން ފޮނުވާފައިވާ ބިލު ދިރާސާ ކުރަމުން ދިޔަ އިރު ކޮމިޓީ ހިންގަމުން ދިޔަ ގޮތާ ގުޅޭ ގޮތުން ސަރުކާރަށް ތާއީދު ކުރައްވާ އެމްޑީޕީގެ މެމްބަރުން ނުރުހުން ފާޅުކޮށްފައި ވަނިކޮށެވެ.

”އިއްޒަތްތެރި މެމްބަރުންނަށް އެނގިވަޑައިގަންނަވަންވީ އެއްޗަކީ އަޅުގަނޑު މިތާ އިނދެ އެހެން ގޮތަކަށް ކަމެއް ކުރަން އުޅެނީ ނަމަ އަދި އެކަން ކުރާނީ މާ އެހެން ގޮތަކަށް ކަން،“

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޓެކްސް ބިލުގެ މަސައްކަތް ކޮމިޓީގައި ކުރިއަށް ދިޔައިރު ވަގުތު ކަނޑައެޅުމަށް ހުށަހެޅި ތާއީދު ލިބުން ނަމަވެސް ރިޔާސަތުން އެކަމަށް ވޯޓަކަށް ނާއްސަވައެވެ. އަދި އެ ބިލާ ގުޅޭ ގޮތުން މަޝްވަރާ ހޯދުމަށް މާހިރުން މަޖިލީހަށް ގެނެސްފައި ވަނީ ވެސް މެމްބަރުންގެ ވޯޓަކާ ނުލައެވެ. އެކަން ފާހަގަ ކުރައްވާ ބައެއް މެމްބަރުންގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް ނަޝީދު ވިދާޅުވީ މަޖިލީހުގެ މަސައްކަތް ހިނގާނީ ގަވައިދުގައި އޮންނަ ގޮތަށް ކަމަށާއި މެމްބަރުން ރުހިވަޑައިގަތަސް އަދި ނުގަތަސް ވަކި ޕާޓީއެއް ނުވަތަ ސަރުކާރަށް ފަހިވާ ގޮތަށް މަޖިލީހުގެ ކަންކަން ނުހިނގާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!