އަރަބި ހެދުމުގައި ފަގުޑި އަޅައިގެން ގަތަރު 🇶🇦 ސަފީރު، އުރީދޫއަށް ޒިޔާރަތް ކުރައްވައިފި
ދެންމެ | 10 ސެޕްޓެމްބަރ 2024

ގަތަރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ޖާސިމް ބިން ޖާބިރު ޖޭބީ އަލް-ސުރޫރަށް އުރީދޫ މޯލްޑިވްސްއަށް ޒިޔާރަތް ކުރައްވައިފިއެވެ.

އުރީދޫން މިއަދު ބުނީ ސަފީރުގެ އެ ޒިޔާރަތުގައި ރާއްޖެއާއި ގަތަރާ ދެމެދު އޮތް ބަދަހި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އުރީދޫ މޯލްޑިވްސްއަކީ ގަތަރުން ކުރާ އެންމެ ބޮޑު ފޮރިން އިންވެސްޓްމަންޓްގެ ގޮތުގައި ފާހަގަކުރައްވާފައިވާ ކަމަށެވެ.

ސަފީރުގެ ޒިޔާރަތުގައި އުރީދޫގެ އިސްވެރިންނާވެސް ވަނީ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ޑިޖިޓަލް ލޭންޑްސްކޭޕް ކުރިއެރުވުމުގައި އުރީދޫ މޯލްޑިވްސްއިން ކުރަމުންގެންދާ މަސައްކަތްތަކާއި އިނޮވޭޝަން ކުރިއެރުވުމުގައި އުރީދޫ މޯލްޑިވްސްއިން އަދާކުރާ ދައުރާއި މުޖުތަމައަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ.

އުރީދޫ މޯލްޑިވްސްގެ ސީއީއޯ، ހާލިދު އަލް ހަމާދީ ވިދާޅުވީ، ސަފީރުގެ އެ ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާ ކަމަށެވެ.

”އެ މަނިކުފާނުގެ މި ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުމާއި، ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ހިންގުމުގައި އުރީދޫން އަދާކުރާ މުހިންމު ދައުރަށް ޔަގީންކަން ލިބިގެންދޭ،“ އުރީދޫ މޯލްޑިވްސްގެ ސީއީއޯ ވިދާޅުވިއެވެ.

މީގެ އިތުރުން ސަފީރު ވަނީ، އުރީދޫ މޯލްޑިވްސްގެ ހެޑްކުއާޓާސްއަށް ޒިޔާރަތްކުރައްވައި، އެކިއެކި ޓީމުތަކާވެސް ބައްދަލުކުރައްވައިފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!