އެމްޑީޕީ ދެފަޅިވެ، ވެރިކަމުގެ ފަހި ފުރުސަތު ގާސިމަށް.
ދެންމެ | 28 ޖެނުއަރީ 2023

ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ރިޔާސީ ޕްރައިމަރީ ނިމި ޕާޓީ ހަމައަށް ދެފަޅިވެފައިވާ ކަމީ ސައްކު ހިނގާ ކަމެއް ނޫނެވެ. ރައީސް ނަސީދަށް އެމްޑީޕީގެ 40 ޕަސެންޓަށްވުރެ ގިނަ މީހުން ތާއީދު ކުރާއިރު، ރައީސް ސޯލިހަށް ވަނީ މުތަލަގަށް އެމްޑީޕީގެ 60 ޕަސެންޓް މީހުންގެ ސާފް ތާއީދެއް ހޯއްދަވާފަ އެވެ.

ރިޔާސީ އިންތިހާބު ބޯމަތިވެފައި ވާއިރު، އެމްޑީޕީގެ ދެފަޅިއަށް ބައިވުމުގެ އެންމެ ބޮޑު އުފަލެއް ލިބި ވަޑައިގަންނަވާ ފަރާތަކީ ޖުމްހުރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމެވެ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމު އަދާ ކުރުމުގެ ހުވަފެން ދެކެމުން އަންނަ ގާސިމަށް އަންނަ ރިޔާސީ އިންތިހާބަށްވުރެ ފަސޭހަ ފަހި އިންތިހާބެއް ނެތް ކަމަށް މުހައްލިލުން ދެކެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމާއި ދައުލަތުގެ މިނިސްޓަރުކަން އަދާ ކޮށްފައިވާ ގާސިމަކީ އިންތިހާއަަށް ވިޝަނަރީ ބޭފުޅެކެވެ. އިގްތިސާދީ ގޮތުން އަޑިއަޅާލާފައިވާ ގައުމުގެ އިގްސާދު ހަމަ މަގަށް އަޅުވާލުމަށް ގާސިމަށް ވުރެ ވަކިން ކުޅަދާނަ މާލިމީއެއް ނެތެވެ.

ތެދެކެވެ. ޕީޕީއެމް ރައީސް އަދި އިދިކޮޅު ލީޑަރ ޔާމީން ހުންނެވީ ޖަލުގަ އެވެ. އެހެންވުމުން އިދިކޮޅު ޕީޕީއެމްގެ އެންމެ ބޮޑު ތާއީދާއި މަދަދުވެރިކަން މިހާރު ލިބިވަޑައިގަންނަވާނެ ސިޔާސީ ލީޑަރަކީ ވެސް އޮނަރަބަލް ގާސިމް އިބްރާހިމާއި މެދު ސައްކެއް ނެތެވެ. މީގެ އިތުރުން އަދާލަތު ޕާޓީ އެހެންވެސް ޒުވާނުންގެ ޕާޓީ އެމްޓީޑީ ފަދަ ޕާޓީތަކުގެ އެންމެ ބޮޑު ތާއީދެއް ލިބިވަޑައިގަންނަވާނެ ލީޑަރަކީ ވެސް ގާސިމެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހް ދިރާސާ ކުރައްވާ ބޭފުޅަކު ވިދާޅުވީ ގާސިމަކީ ހުރިހާ ސިޔާސީ ލީޑަރުންނާއި ގާތް ގުޅުމެއް ބާއްވާ ބޭފުޅަކަށްވުމުން ރައީސް ނަސީދު ތާއީދު މިދަޑިވަޅުގައި ލިބިވަޑައިގަންނަވާނެ ހަމަ އެކަނި ބޭފުޅަކީ ވެސް ގާސިމް ކަމަށެވެ.

ރައީސް ސޯލިހް އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި ނަމަވެސް މިއަދުގެ ރައީސް ސޯލިހް ސަރުކާރު އެންމެ ބޮޑު މަދަދު ގާރަކީ ގާސިމެވެ. އެމަނިކުފާން ސަރުކާރާއި މިއަދު ފެޔަށް ޖެހިލި ނަމަވެސް ސަރުކާރަށް އަތުވެގެންދާނެ ލޮޅުމެއް އަންދާޒާކޮށްލަން ވެސް ދަތި ވާނެ އެވެ.

ރާއްޖޭގެ އެބުރެމުންދާ ސިޔާސީ މަސްރަހްގައި މިއަދު ގާސިމް ވަރުގެ ގާބިލްތަރިއެއް ނެތެވެ. އެމަނިކުފާން ރިޔާސީ އިންތިހާބަށް އިއުލާން ކުރައްވާނެ ދުވަހަކަށް އެތައް ބަޔަކު މިއަދު ވެސް ތިބީ ކެތްމަދުވެފަ އެވެ.

އަމިއްލަފުޅު ވިޔަފާރީގައި ވެސް ރާއްޖެއަށް އިންގިލާބެއް ގެނެސް ދެއްވާފައިވާ ގާސިމްގެ ޖުމްހުރީ ޕާޓީގައި ވެސް ސިޔާސީ ފުންނާބު އުސް ގިނަ ބޭފުޅުންތަކެއް މިހާރު ވެސް ހިމެނި ވަޑައިގަންނަވަ އެވެ. ގާސިމް އަރިހްގައި ތިއްބެވި ބޭފުޅުންގެ ދުރު ވިސްނުމާއި އެކު ބޯމަތިވެފައިވާ ރިޔާސީ އިންތިހާބު އެންމެ ފަސޭހައިން ކާމިޔާބު ކުރެވޭނެ ބޭފުޅަކީ ހަމަ ޔަގީނުން ވެސް ގާސިމް ނޫން ދެވަނަ ފަރާތެކެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހް ހޫނުވެފައިވާ އިރު، މިހާތަނަށް ގާސިމްގެ ހިލަމެއް ނެތެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!