3468 ދިވެހިން ރައްވާލި، ޓެލެގްރާމް ގިނަ އޮރިޔާންތަކަކީ އޭއައި އިން އުފައްދާފައިވާ ފޭކް އޮރިޔާން ކަން ހާމަވެއްޖެ
ދެންމެ | 11 ސެޕްޓެމްބަރ 2024

ޓެލެގްރާމް ޗެނަލުގެ ފޮޓޯ އާއި ވީޑިޔޯއަކީ ދިވެހިންގެ މޫނު ބޭނުންކޮށްގެން އޭއައި އިން އުފައްދާފައިވާ ފޭކް އޮރިޔާން ކަން ހާމަވެއްޖެ އެވެ.

އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި މިފޭކް ތަކެތި އުފައްދާފައި ވަނީ އޭއައި އެޕެއް ބޭނުންކޮށްގެނެވެ.

ފުލުހުން ބުނީ ބަރަހަނާ ފޮޓޯ އާއި ވީޑީއޯ ހިއްސާކުރަމުންގެންދިޔަ 571 ޓެލެގްރާމް ޗެނަލް ހޯދާ އެ ޗެނަލްތައް ހުއްޓުވާފައިވާކަމަށެވެ. އަދި މިކަމުގައި އުޅުނު ތިން މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.

މި ޗެނަލްތަކާއި ގުޅޭގޮތުން ފުލުހުން އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު މި ޗެނަލްތަކަށް ވަދެ ފައިސާ ދައްކައިގެން 3468 މީހުން ޗެނަލްތަކަށް ސަބްސްކްރައިބްކޮށްފައިވެއެވެ. އަދި ބަރަހަނާ މަންޒަރުތައް ބަލަން މި މީހުން ވަނީ ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައެވެ.

މި ޗެނަލްތަކުގައި ރާއްޖޭގެ އަންހެނުންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ 241651 ފޮޓޯއާއި 86618 ވީޑިއޯ ހިމެނެއެވެ. މީގެތެެރޭގައި 18 އަހަރުން ދަށުގެ ކުޑަކުދިންގެ ފޮޓޯ އާއި ވީޑިއޯ ހިމެނޭކަމަށްވެސް ފުލުހުން ބުނެއެވެ. ކުޑަކުދިންގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ޕޯސްޓުކުރުމަށް 43 ޗެނަލް ހިންގާފައިވާކަން ވެސް ތަހުގީގަށް އެނގިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލާގައި ހައްޔަރުކުރި ތިން މީހުންނާއި ގުޅުން ހުރި ޑިޖިޓަލް އިލެކްޓްރޯނިކް 14 އާލާތް ބަލައި ފާސްކޮށްފައިވާކަމަށާއި މި ތިންމީހުންގެ ނަމުގައި ހަދާފައިވާ ޓެލެގްރާމް 9 އެކައުންޓު ފުލުހުންގެ ބާރުގެ ދަށަށް ގެނެސް ސީޒް ކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!