ނުރަސްމީ ދަތުރުފުޅަށް ފަހު ރައީސް މާލެ ވަޑައިގެންފި
ދެންމެ | 15 އޮކްޓޯބަރ 2022

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް، ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ ރާއްޖެއަށް ވަޑައިގަންނަވައިފިއެވެ.

ރައީސްގެ ނުރަސްމީ މިދަތުރުފުޅާބެހޭ އެއްވެސް މަޢުލޫމާތެއް ރައީސް އޮފީހުން ހާމަކުރަށްވާފައެއް ނުވެއެވެ.

މީގެ ކުރިންވެސް ރައީސް ޞާލިޙްވަނީ ސިންގަޕޫރުގައި ތައިރޮއިޑްގެ އޮޕަރޭޝަނެއް ކުރަށްވާފައެވެ. އެހެންކަމުން ބޮޑަށް ބެލެވެނީ ރައީސްގެ ދަތުރުފުޅަކީ ބޭސްފަރުވާއަށް ކުރަށްވާ ދަތުރުފުޅެއް ކަމަށެވެ.

ރައީސް ސިންގަޕޫރަށް ވަޑައިގަތީ މިމަހުގެ 12ވަނަ ދުވަހުއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!