ފިރިމީހާ ކޮންމެ ދުވަހަކު ފެން ނުވަރާތީ ވަރިވާން ހުށަހަޅައިފި
ދެންމެ | 16 ސެޕްޓެމްބަރ 2024

އިންޑިއާގެ އާގްރާ ސިޓީގައި ދިރިއުޅޭ އަންހެނަކު، ކައިވެނިކުރިތާ 40 ދުވަސް ފަހުން ވަރިވުމަށް އެދި ކޯޓަށް ހުށަހަޅައިފިއެވެ

މި އަންހެންމީހާ ވަރިވާން ބޭނުންވާ ސަބަބަކީ އޭނާގެ ފިރިމީހާ ކޮންމެ ދުވަހަކު ފެންވަރާ ސާފުތާހިރު ނުވާތީއެވެ.

އަންހެންމީހާ ބުނާ ގޮތުގައި އޭނާގެ ފިރިމީހާ ފެންވަރަނީ މަހަކު އެއް ނުވަތަ ދެ ފަހަރު އެކަންޏެވެ. މިކަމުގެ ސަބަބުން ފިރިމީހާގެ ހަށިގަނޑުން ނުބައި ވަސް ދުވާ ކަމަށް އަންހެންމީހާ ބުނެއެވެ.

އަންހެންމީހާ ވަނީ އާގްރާގެ ފެމިލީ ކައުންސެލިން ސެންޓަރަށް ޝަކުވާ ހުށަހަޅާފައެވެ. އަދި މިފަދަ ދަށު ދަރަޖައިގެ ސާފުތާހިރުކަން ބަހައްޓާ މީހަކާ އެކު ދިރިއުޅެން ނޭދޭ ކަމަށް ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!