ރައީސް ޑރ. މުއިއްޒު ދުނިޔޭގެ ސަލާމަތީ މަޖިލީހުގައި ތަގްރީރް ކުރައްވަން ހަމަޖެހިއްޖެ
ދެންމެ | 19 ސެޕްޓެމްބަރ 2024

ރާއްޖޭގެ ރައީސްއެއްގެ ހައިސިއްޔަތުން ފުރަތަމަ ފަހަރަށް އދ.ގެ ސަލާމަތީ މަޖިލީހުގެ ބަހުސްގައި ތަގުރީރު ކުރެއްވުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު މިމަހުގެ ތެރޭގައި ނިއުޔޯކަށް ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން މިއަދު އިއުލާނު ކޮށްފިއެވެ.

ނަމަވެސް ފުރާނެ ސީދާ ތާރީހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ރައީސް އޮފީހުަގއި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާ ވިދާޅުވީ، އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށާއި، މި ސެޝަނުގައި އެމަނިކުފާނު ތަޤުރީރު ކުރެއްވުމަށް ހަމަޖެހިފައިވާކަމަށެވެ.

މި ދަތުރުފުޅަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ރައީސް ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސް މުއިއްޒު އދ.ގައި ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ދަތުރުފުޅެވެ. މި ތަގުރީރުގެ އިތުރުން ސަމިޓް އޮފް ދަ ފިއުޗާގެ ތެރެއިން ”އަ ވިޝަން ފޯ އަ އިންޓެލިޖެންސް ޑްރިވެން ފިއުޗާ ފޯ މޯލްޑިވްސް“ ގެ ނަމުގައި ބާއްވާ ސައިޑް އިވެންޓެއްގައި ބައިވެރިވެވަޑައިގަތުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.

ހީނާ ވިދާޅުވީ ރައީސްގެ މި ދަތުރުފުޅުގައި އެމެރިކާގެ ޕްރިންސްޓަން ޔުނިވާސިޓީގެ ދަރިވަރުންނާ މުހާތަބު ކުރައްވާ ތަގުރީރު ކުރައްވާ ގޮތަށް ވެސް ހަމަޖައްސަވާފައިވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!