ފުލުހުން 2013 ފެށިގެން އަޑުގޮއްވާ އާލާތް ބޭނުން ކުރޭ، އެމްޑީޕީ ވެރިކަމުގައި ވެސް ބޭނުން ކުރި: ވަޒީރު އިހްސާން
ދެންމެ | 06 އޮކްޓޯބަރ 2025

މިދިޔަ ހުކުރު ދުވަހު އިދިކޮޅު އެމްޑީޕީން ބޭއްވި މުޒާހަރާ ރޫލާލަން ބޭނުން ކުރި ސޮނިކް ވެޕަން ނުވަތަ ލާރްޑް އެ ދުވަހު ބޭނުން ކުރެވުނީ ފުރަތަމަ ފަހަރަށް ނޫން ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޑރ. އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

އިހުސާން ވިދާޅުވީ އެންމު ފުރަތަމަ މި ޑިވައިސް ފުލުހުން ބޭނުންކޮށްފައިވަނީ 2013 ވަނަ އަހަރު ކަމުގަ އެވެ.

އެ ޑިވައިސް ފުރަތަމަ ބެހެއްޓިފައިވަނީ ފުލުހުންގެ ސައުންޑް ވެހިކަލްގައި ކަމަށާއި އެ ވެހިކަލް ފުލުހުން ބޭނުން ކުރަމުން ދިޔައީ ސްޕެޝަލް އޮޕަރޭޝަންތަކުގައި ކަމަށް އިހުސާން ފާހަގަ ކުރެއްވި އެވެ.

”ލާރްޑް ސިސްޓަމް ތަކަކީ ދުނިޔޭގެ 100 އަށް ވުރެން ގިނަ ގައުމުތަކެއްގެ ޕަބްލިކް ސޭފްޓީ އެޖެންސީ ތަކުންނާއި، މިލިޓަރީ އަދި ލޯ އެންފޯސްމަންޓު އެޖެންސީ ތަކުން ކްރައުޑް ކޮންޓްރޯލް ކުރުމަށް، ލޯންގް ރޭންޖް ކޮމިއުނިކޭޝަން، ބޯޑަރު އަދި ކަނޑުގެ ސަލާމަތީ ކަންކަން ބެލެހެޓުމުގެ އިތުރުން އެމެޖެންސީ ނޮޓިފިކޭޝަންތައް ދިނުމަށް މިހާރުވެސް ބޭނުން ކުރާ ސިސްޓަމެއް“ އިހުސާން ވިދާޅުވި އެވެ

މިނިސްޓަރު މައުލޫމާތު ދެއްވި ގޮތުގައި އެމްޑީޕީ މުޒާހަރާގައި ބޭނުން ކުރެވުން މޮޑަލްގެ ލާރްޑް އެންމެ ފުރަތަމަ ބޭނުން ކުރެވިފައިވަނީ 2023 ވަނަ އަހަރު ޕަބްލިކް އޯޑާރް އޮޕަރޭޝަނެއްގެ ތެރެއިން ކަމުގަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!