އަންނަ ހަފުތާއިން ފެށިގެން ދުނިޔެއަށް އިތުރު ހަނދެއް ފެންނާނެ: ސައިންސްވެރިން
ދެންމެ | 20 ސެޕްޓެމްބަރ 2024

އަންނަ ހަފުތާއިން ފެށިގެން ދުނިޔެއަށް އިތުރު ހަނދެއް ފެންނާނެ ކަމަށް ސައިންސްވެރިން ބުނެފިއެވެ.

އަންނަ ހަފްތާއިން ފެށިގެން ކުޑަ ހަނދެއްގެ ސިފާގައި ފެންނާނީ ޕީޓީ5 2024 ނަމަކަށް ކިޔާ އެސްޓްރޮއިޑެއްކަމަށާއި މި މަހުގެ 29 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރ މަހުގެ 25 ވަނަ ދުވަހާ ހަމައަށް އެ އެސްޓްރޮއިޑް ހަނދެއްގެ ސިފާގައި ދުނިޔެއަށް ފެންނާނެކަމަށާއި އެއަށް ފަހު ދުނިޔޭގެ ގްރެވިޓޭޝަނަލް ޕުލް އިން ސަލާމަތްވެ، ޖައްވުގެ އެހެން ދިމާލަކަށް އެ އެސްޓްރޮއިޑް މިސްރާބު ދާނެ ކަމަށް ސައިންސްވެރިން ބުނެފައިވެއެވެ.

ނާސާގެ ސައިންސްވެރިން ބުނެފައިވަނީ ދުނިޔޭގެ ގްރެވިޓޭޝަނަލް ޕުލްގެ ސަބަބުން ޕީޓީ5 2024 ދުނިއެއާ ދިމާލަށް ދަމައިގަނެ، ހަނދާ އެއްފަދައިން، އަޅުގަނޑުމެންގެ ޕްލެނެޓްގެ ވަށައިގެން ވަށައިގެން ދަތުރުކުރާނެކަމަށާއި އެކަމަކު އެ ހަނދު ފެނުމުގެ ޗާންސް އޮތީ އެއްމެ 56.6 ދުވަހަށް ކަމަށެވެ.

އެސްޓްރޮއިޑް ޕީޓީ5 2024 ފުރަތަމަ ފެނިފައިވަނީ އޮގަސްޓް މަހުގެ 7 ވަނަ ދުވަހު އެވެ.

ޔުނިވާސިޑާޑް ކޮމްޕްލޫޓެންސް ޑި މެޑްރިޑްގެ ސައިންސްވެރިން ވަނީ 21 ދުވަސް ވަންދެން އެސްޓްރޮއިޑްގެ އޯބިޓް ޓްރެކްކޮށް، އޭގެ ހަރަކާތްތައް ކުރިއަށް ހިނގާނެ ގޮތް ދިރާސާކޮށްފައެވެ. ޕީޓީ5 2024 އިރުގެ ވަށައިގެންވާ އޯބިޓްގެ ތެރެއަށް އެސްޓްރޮއިޑް ވަންނާނެކަމަށް ރިސާޗް ނޯޓްސް އޮފް ދަ އޭއޭގައި ޝާއިއުކޮށްފައިވާ އެ މީހުންގެ ދިރާސާގައި ބުނެފައިވެއެވެ.

ލައިވް ސައިންސުން ބުނެފައިވާ ގޮތުގައި އާ ހަނދު ދުނިއެއަށް ފެންނަން ހުންނާނީ އެންމެ 57 ދުވަހަށް ކަމަށާއި ނަމަވެސް އެ ހަނދުގެ ފުޅާމިނަކީ ގާތްގަނޑަކަށް 10 މީޓަރު ކަމަށް ވާތީ އެ ހަނދު ފެނުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނެކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!