ރަސްމާލެ ހިއްކުމަށް ބޭނުންވާ ވެލި ނެނގުމުގެ ހުއްދަ ދީފި
ދެންމެ | 22 ސެޕްޓެމްބަރ 2024

ރަސްމާލެ ތަރައްގީ ކުރުމަށް ފުށިދިއްގަރު ފަޅު ހިއްކުމަށް ބޭނުންވާ ވެލި ނެގުމުގެ ހުއްދަ އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ދީފިއެވެ. މި ހުއްދަ ދީފައިވަނީ ހަ މަސްދުވަހުގެ މުއްދަތަކަށް ދެ ސަރަހައްދަކުންނެވެ.

އީޕީއޭއިން ވެލި ނެގުމަށް ފާހަގަކޮށްފައިވާ ދެ ސަރަހައްދަކީ މާފުއްޓާ ދިމާލުން ހުޅަނގަށް އޮތް ދެ ސަރަހައްދެވެ. މީގެ އިތުރުން، އޮލްޓަނޭޓިވް ސަރަހައްދެއްގެ ގޮތުގައި އިތާފުށި ރިސޯޓު ކައިރިން ސަރަހައްދެއް ވެސް ކަނޑައަޅާފައިވެއެވެ.

މި ހުއްދަ ދީފައިވަނީ ރަސްމާލޭގެ 562 ހެކްޓަރުގެ ބިން ހިއްކުމަށެވެ. މިއީ ކުރިން ސީއެމްސީއިން ހިއްކާފައިވާ 29 ހެކްޓަރު ފިޔަވައި ހިއްކަންޖެހޭ ސަރަހައްދެވެ.

ހިއްކުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ހަވާލުކޮށްފައިވަނީ މޯހަން މުތާ އެކްސްޕޯޓާއި ޗައިނާގެ ޗައިނާ ރެއިލްވޭ ކޮންސްޓްރަކްޝަން ކޮމްޕެނީއާއެވެ.

އެޗްޑީސީން މި މަޝްރޫޢު ހިންގުމަށް ފައިސާ ހޯދާނެ ގޮތެއް އަދި ރަސްމީކޮށް ހާމަކޮށްފައި ނުވިނަމަވެސް، މަޢުލޫމާތު ލިބޭ ގޮތުގައި މި މަސައްކަތް ކުރިއަށް ގެންދަނީ ލޯނެއް ނަގައިގެންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!