ނިދަން އުދަގޫވެ މޭ ބޮޑުވެ، ހިތް ބިރުގަން ނާތީ އަމީރު ޑޮކްޓަރަށް ދައްކައިފި.
ދެންމެ | 12 ޖެނުއަރީ 2023

ނިދަން އުދަގޫވެ މޭ ބޮޑުވެ، ހިތް ބިރުގަން ނާތީ ފިނޭންސް މިނިސްޓަރ އަމީރު ޑޮކްޓަރަށް ދައްކައިފި އެވެ.

އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި މިނިސްޓަރ އަމީރު ޑޮކްޓަރަށް ދައްކާފައި މިވަނީ ދައުލަތުގެ ހަޒާނާ ހުސްވެ، އެމްއެމްއޭ އާއި ބޭންކުތަކުން ޑޮލަރު ދޫކުރުން އޮނބިއަޅުވާލުމުން ކަންބޮޑުވެ ބޮލަށް ބަރުވެގެންނެވެ. މީގެ އިތުރުން އެމްޑީޕީ ޕްރައިމަރީގައި ރައީސް ސޯލިހްގެ މައްޗައް ހުވަދު އަތޮޅުން ރައީސް ނަޝީދަށް އޮތް ތާއީދު ދުވަހުން ދުވަހަށް އިތުރުވަމުން ދިއުމެވެ.

މިނިސްޓަރ އަމީރުގެ އަރިސްބޭފުޅަކު ވިދާޅުވީ ހުވަދު އަތޮޅާއި އަދި މިނިސްޓަރ އަމީރުގެ އަމިއްލަ ރަށުން ވެސް ރައީސް ސޯލިހްގެ މައްޗައް ރައީސް ނަސީދު ބޮޑު ތަނުން ކުރި ހޯއްދަވާނެކަން އަމީރަށް މިހާރު ކަށަވަރުވެފައިވާ ކަމަށެވެ.

“ ހަގީގަތުގައި މިނިސްޓަރ އަމީރުގެ ރަށުން ވެސް ނެތް ރައީސް ސޯލިހަކަށް ތާއީދެއް. ހަ އެއްކަ މީހުން ރައީސް ސޯލިހަށް ތާއީދުކޮށްގެން ތިބީ. އަމީރު ހުންނެވީ ވަރަށް ބޮޑަށް ހާސްވެ ކަން ބޮޑުވެފައި. ވެގެންދާނެ ބޮޑު ފަލީހަތް މީހާރު ވެސް ތަސައްވަރު ކުރެވޭ ކަހަލަ.“ އޭނާ ނަން ހާމަ ނުކުރުމަށް ސަރުތުކޮށް ކިޔައިދިނެވެ.

ޑޮކްޓަރު ވަނީ ނިދާ ބޭހާއި ހޮޑު ހިފަހައްޓާ ބޭސް ދީފަ އެވެ. އަދި ކަންކަމާއި ނުވިސްނައި ބުރަކޮށް މަސައްކަތުގައި ނޫޅުމަށް އިރުސާދު ދެއްވާފަ އެވެ.

ރައީސް ސޯލިހްގެ ވެރިކަމުގެ ކުރީ ކޮޅު ގެއްލުމުގެ ބަދަލުގެ ގޮތުގައި އެތައް މިލިޔަން ރުފިޔާއެއް ބަހާލުގައި އެންމެ އިސްދައުރެއް އަދާކުރި އަމީރަކީ ބަގުރޫޓު ވިޔަފާރިވެރިޔާ އަދި މިނިސްޓަރ ފައްޔާޒުގެ އެންމެ އަރިސް އެެއް ވަޒީރެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!