ފުލުހަކު ކޮށާލާނެ ކަމަށް ބުނި މީހަކު ޖަލަށް ލައިފި
ދެންމެ | 25 ސެޕްޓެމްބަރ 2024

މައްސަލައެއްގައި ތުހުމަތު ކުރެވި ފުލުސް އޮފީހަށް ގެންދިއުމުން، ފުލުހަކު ”ކޮށާލާނެ“ ކަމަށް ބުނެ އިންޒާރު ދިން މީހަކަށް ޖަލު ހުކުމެއް އިއްވައިފިއެވެ.

ދެހާސް ވިހި ވަނަ އަހަރުގެ އޮކްޓޫބަރު މަހު ހިނގި މި ހާދިސާގައި، އައްޑު އަތޮޅު ފޭދޫ / ސްނޯވައިޓް އަހްމަދު ޝިޔާޒް ނަމަކަށް ކިޔާ މީހަކު ވަނީ ފުލުހަކަށް މަރުގެ އިންޒާރު ދީފައެވެ. ފުލުސް އޮފީހަށް ހާޒިރުކުރެވުނު ޝިޔާޒް، ފުލުހަކާ ދިމާލަށް މަގުމަތިން ފެނިއްޖެއްޔާ ”ކޮށާލާނެ“ އަދި ”މަރާލާނެ“ ކަމަށް ބުނެ އިންޒާރު ދިންކަމަށް ވެއެވެ.

މި މައްސަލައިގައި ދައުލަތުން ޝިޔާޒްގެ މައްޗަށް އުފުލާފައިވަނީ މީހެއްގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ގެއްލުންދީފާނެ ކަމުގެ ބިރު ދެއްކުމުގެ ކުށުގެ ދައުވާއެވެ. ޝަރީއަތުގައި ޝިޔާޒް ކުށަށް އިންކާރުކުރި ނަމަވެސް، ދައުލަތުން ހުށަހެޅި ހެކިތަކުގެ އަލީގައި ކުށް ސާބިތުވިއެވެ.

އައްޑު އަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ގާޒީ ވަނީ ޝިޔާޒް ފަސް މަހާއި 23 ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފައެވެ. މި ހުކުމް އިއްވާފައިވަނީ ހޯމަ ދުވަހުއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!