މޫސުމް ގޯސްވެ، ހުދު ސަމާލު ނެރެފި
ދެންމެ | 25 ސެޕްޓެމްބަރ 2024

ރާއްޖޭގެ މޫސުން ރަނގަޅު ނޫން ކަމަށް ލަފާކުރެވޭތީ ހުދު ސަމާލު ނެރެފި އެވެ.

ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކުގެ މޫސުން ރަނގަޅު ކަމަށް ލަފާނުކުރެވޭތީ ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ހުދު ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން ނެރުނު ހުދު ސަމާލުގައި މޫސުން ގޯސްވެ، ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި އަދި ކަނޑުތައް ގަދަވާނެ ކަަމަށް ލަފާ ކުރެވޭ ކަމަށް ބުނެފައި ވެއެވެ. މެޓުން ވަނީ މިރޭ 7:00 އާ ހަމައަށް ހުދު ސަމާލު ނެރެފައެވެ.

މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ބުނީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަަމަށެވެ. އެގޮތުން ދެކުނުގެ އަތޮޅުތަކަށް 8 މޭލާ 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި މެދު ރާއްޖެތެރެއާއި އުުތުރުގެ އަތޮޅުތަަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަަމަށްވެސް މެޓުން ވަނީ ލަފާކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!