ރާއްޖެއަށް ކާރިސާތައް މެނޭޖްކުރާ ޓޫލްކިޓެއް ލިބިއްޖެ
ދެންމެ | 02 އޮކްޓޯބަރ 2024

ދިވެހިރާއްޖޭގެ ހޯމްލޭންޑް މިނިސްޓްރީއަށް އިނގިރޭސިވިލާތުން ކްރައިސިސް މެނޭޖްމަންޓް ޓޫލްކިޓެއް ހަދިޔާކޮށްފިއެވެ.

މި ޓޫލްކިޓަކީ އިނގިރޭސި ހައިކޮމިޝަނާއި އަލީނިއާ އިންޓަނޭޝަނަލް ގުޅިގެން ތައްޔާރުކޮށްފައިވާ ”ކްރައިސިސް ކޮމިއުނިކޭޝަން އެންޑް ކްރައިސިސް މެނޭޖްމަންޓް“ ޓޫލްކިޓެކެވެ.

ހޯމްލޭންޑް މިނިސްޓްރީން ބުނީ މި ޓޫލްކިޓަކީ ކާރިސާތައް މެނޭޖްކުރުމުގެ ގާބިލްކަން އިތުރުކޮށް، ސާފު މުއާސަލާތު ކަށަވަރުކޮށްދީ، ކުއްލި ހާލަތްތަކުގައި ރައްދުދިނުމުގެ ސްޓްރެޓެޖީތައް ރަނގަޅު ކުރުމަށް ފަރުމާކޮށްފައިވާ އެއްޗެކެވެ. މީގެ އިތުރުން މި ޓޫލްކިޓަކީ ހޯމްލޭންޑް މިނިސްޓްރީގެ ދަށުގައިވާ ހުރިހާ މުއައްސަސާތަކަށް ބޭނުންކުރެވޭ ގޮތަށް ކަސްޓަމައިޒްކޮށްފައިވާ އެއްޗެއްކަން ވެސް ފާހަގަކޮށްފައިވެއެވެ.

މި ޓޫލްކިޓް ތައްޔާރުކުރުމުގައި ހޯމްލޭންޑް މިނިސްޓްރީން ކުރިން ބޭއްވި ތަމްރީން ބައްދަލުވުންތަކުގައި ބައިވެރިންގެ ފަރާތުން ލިބުނު މައުލޫމާތު ބޭނުންކޮށްފައިވާކަން ވެސް ފާހަގަކުރެވެއެވެ. މިފަދަ ޓޫލްކިޓެއް ލިބުމުން ރާއްޖޭގައި ދިމާވާ ކުއްލި ހާލަތްތަކާއި ކާރިސާތަކަށް އިތުރަށް ތައްޔާރުވެ، އެފަދަ ހާލަތްތަކުގައި އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް މަގުފަހިވެގެންދާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!