އަދީބު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
ދެންމެ | 28 ޖޫން 2022

ކުރީގެ ނައިބް ރައީސް އަދި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ)ގެ ރައީސް އަހްމަދު އަދީބް ކޮވިޑަށް ޕޮޒިވިވް ވެއްޖެ އެވެ.

އަދީބް ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެމްޓީޑީގެ އޮފިޝަލުން ވަނީ ޔަގީންކޮށްދީފަ އެވެ.

އަދީބް ކޮވިޑަށް ޕޮޒިޓިވްވި ކަން އެނގުނީ އައިޖީއެމްއެޗްގެ ފުލޫ ކްލިނިކަށް ގެންގޮސް ޓެސްޓް ހެދުމުންނެވެ.

ދިގު މުއްދަތުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަހްމަދު އަދީބް މިވަގުތު ހުންނެވީ ގޭބަންދުގަ އެވެ.

އަދީބްގެ އަރިސް ބޭފުޅަކު ވިދާޅުވީ އަދީބަކީ ގިނަ ބަލިތަކަކަށް ފަރުވާ ހޯއްދަވަމުން ގެންދަވާ ބޭފުޅަކަށް ވާތީ ކޮވިޑްގެ އެންމެ ހައިރިސްކް ބޭފުޅެއް ކަމަށެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި އަދީބް މިވަގުތު ފަރުވާ ހޯއްދަވަމުން ގެންދަވަނީ އައިޖީއެމްއެޗްގަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!