ރައީސް އިންޑިޔާއަށް ފުރައިވަޑައިގެންފި
ދެންމެ | 06 އޮކްޓޯބަރ 2024

ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިންޑިޔާއަށް ފުރާވަޑައިގަންނަވައިފިއެވެ.

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީގެ ދައުވަތަކަށް ރައީސް އިންޑިޔާއަށް ވަޑައިގަތުމަށް މިއަދު ފުރާވަޑައިގަންނަވައިފައިވާއިރު، އެމަނިކުފާނުގެ އަރިހުގައި ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވެސް ވަޑައިގަންނަވައެވެ.

އެ ދަތުރުފުޅުގައި ރައީސް މުޢިއްޒު، އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ އާއި ބޮޑު ވަޒީރު ނަރެންދްރަ މޯދީ، އަދި އެ ޤައުމުގެ އިސް ވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

އިންޑިޔާއަށް ރައީސް ކުރައްވާ ދަތުރުފުޅަކީ، ރައީސް މުޢިއްޒު އިންޑިޔާއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. މީގެ ކުރިން ވެސް އެމަނިކުފާނު ވަނީ، ބޮޑުވަޒީރު މޯދީ ހުވާކުރެއްވި ދަރުބާރަށް އިންޑިޔާއަށް ވަޑައިގަންނަވައިފައެވެ. ރައީސްގެ ފުރަތަމަ ފުރަމާނަ ދަތުރުފުޅު ކުރެއްވީ ޗައިނާއަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!