މާމުއިގެ ރަހަ މީރީ ސީދާ ހަތާގަނޑުގައި އަނގަ ޖަހައި ބުއިމުން!
ދެންމެ | 11 އޯގަސްޓް 2023

ބައެއްފަަހަރު ”ލިކުއިޑް ގޯލްޑް“ ގެ ނަމުން ނަންދެވިފައިވާ މާމުއިއަކީ އޭގެ ސިއްހީ ގިނަ ފައިދާތަކާއި ހިތްގައިމު ރަހަތަކުގެ ސަބަބުން ގަރުނުތަކެއް ވަންދެން އިންސާނުންގެ ލޯބިޖެހިފައިވާ އެއްޗެކެވެ. އާންމުކޮށް ސުޕަމާކެޓްތަކުގައި ބިއްލޫރި ފުޅިތަކާއި ފިއްތާފުޅިތަކުގައި ހުންނައިރު،މާމުއިގެ އުފާ ހޯދުމަށް އެއަށްވުރެ ވެސް ސަގާފީ އަދި ގުދުރަތީ ގޮތަކީ ސީދާ ހަނީކޮމްބޤ ނުވަތަ ހަތާގަނޑުން މާމުއި ބުއިމެވެ. މި ކަމަކީ ހަމައެކަނި ޚާއްޞަ ޙިއްސީ ތަޖުރިބާއެއް ލިބިގެންދާ ކަމެއް ނޫނެވެ. ޕްރޮސެސްޑް މާމުއިން ނުލިބިދާ ތަފާތު ސިއްޙީ ފައިދާތަކެއް ވެސް ލިބިގެންދާ ކަމެކެވެ.

ހަނީކޮމްބަކީ މާމުއި ރައްކާކުރުމަށާއި ކުޅަނދުރު އާލާ ކުރުމަށްޓަކައި މާމުއިގެ ހައިވްތަކުގައި އުފައްދާ ވެކްސީ ބިނާއެކެވެ. އެއީ ވޯކަރ ބީސް އިން ފަރުވާތެރިކަމާއެކު އުފައްދާފައިވާ ބީސްވެކްސް އިން ހަދާފައިވާ ހެކްސަގޮނަލް ސެލްތަކެއްގެ މައްޗަށްބިނާވާ އަޖައިބުކުރަނިވި އެއްޗެކެވެ. މި ސެލްތަކަކީ މާމުޔާއި މަލުގެ ކަރުގަނޑުގައި ހުންނަ ޕޮލެން އަދި މާމުއިގެ ލާރވް ރައްކާކުރާ ޔުނިޓްތަކެއްގެ ގޮތުގައި މަސައްކަތްކުރާ ސެލްތަކެކެވެ. ސީދާ ހަނީކޮމްބް އިން މާމުއި ބޭނުންކުރުމަކީ ގުދުރަތީ ދުނިޔެއާއި ކުޅަނދުރު ގެންގުޅުމުގެ އުނދަގޫ ޕްރޮސެސްތަކާ ގުޅުން ހުރި ކަމެއް ކަމަށް ވެސް ބުނެވެއެވެ.

ހަނީކޮމްބް ބޭނުން ކުރުމަށް ވިސްނަން ޖެހޭ މުހިންމު އެއް ސަބަބަކީ މާމުއިގެ ފައިދާތަކުގެ ރައްކާތެރިކަން ކަށަވަރުކުރެވޭތީއެވެ.މާމުއި، ފުޅިތަކުގައި ރައްކާކުރާއިރު، ޕެސްޗުރައިޒޭޝަން އަދި ފިލްޓްރޭޝަން ފަދަ ޕްރޮސެސްތައް ހިނގާއިރު، މިއީ އޭގެ ބައެއް ފައިދާހުރި ބައިތަކަށް ގެއްލުން ލިބިދާނެ ކަމެކެވެ. އަނެއްކޮޅުން ކޮމްބްގެ ތެރޭގައިވާ މާމުއި ބޭރުފުށުގެ ގެއްލުންތަކުން ރައްކާތެރިވެ، އެންޒައިމް، އެންޓިއޮކްސިޑެންޓް، ވިޓަމިން، އަދި މިނަރަލްސް ފަދަ އަސްލު ނިއުޓްރިޝަނަލް ކޮމްޕޮޒިޝަން ހިފެހެއްޓިފައި ހުރެއެވެ.

ރޯ މާމުއިގައި ހުންނަ އެންޒައިމްތަކަކީ ހަށިގަނޑުގެ އެކިއެކި މަސައްކަތްތަކުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. މިފަދަ އެއް އެންޒައިމަކީ ގްލޫކޯޒް އޮކްސިޑޭޒް ކަމަށާއި، މިއީ މަޑުމަޑުން ހައިޑްރޯޖަން ޕެރޮކްސައިޑް ދޫކޮށް،މާމުއިއަށް އޭގެ ގުދުރަތީ އެންޓިބެކްޓީރިއަލް ޕްރޮޕަޓީސް ލިބިދޭ އެންޒައިމެކެވެ. ސީދާ ކޮމްބް އިން މާމުއި ބޭނުންކުރުމުން މި އެންޒައިމްތައް ހުރިކަން ކަށަވަރުވެ، ސިއްހީ ފައިދާތަކެއް ލިބިގެންދެއެވެ.

ފްލެވަނޮއިޑްސް އާއި ފީނޮލިކް އެސިޑް ފަދަ މާމުއިގައި ހިމެނޭ އެންޓިއޮކްސިޑެންޓްސް އަކީ އޮކްސިޑޭޓިވް ސްޓްރެސް އާއި އިންފްލެމޭޝަން އާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ގާބިލްކަން އުފެއްދުމަށް އެހީތެރިވެދޭ މާއްދާތަކެކެވެ. މާމުއި ކެއުމުން މި އެންޓިއޮކްސިޑެންޓްތައް ރައްކާތެރިކުރުމަކީ މާމުއި ބޭނުންކުރުމުން ޖުމްލަ ސިއްހީ ފައިދާ އިތުރުވެދާނެ ކަމެކެވެ.

ސީދާ ކޮމްބް އިން މާމުއި ބޭނުންކުރުމަކީ މާމުއި ގައި އެކުލެވޭ ލޯކަލް ޕޮލެންގެ ކުދިކުދި މިންވަރުތަކަށް ހުށަހެޅިދާނެ ކަމެކެވެ. ބައެއް މީހުން ގަބޫލުކުރާ ގޮތުގައި މިއީ ލޯކަލް އެލާޖަންތަކަށް ޓޮލަރެންސް އުފެއްދުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށާއި ސީޒަނަލް އެލާޖީތަކަށް ލުއި ލިބިދާނެ ކަމެކެވެ. މި ވާހަކަތައް ސާބިތުކުރުމަށް އިތުރު ދިރާސާތަކެއް ކުރަން ޖެހޭއިރު، މި ކޮންސެޕްޓް އިމިއުނޯތެރަޕީގެ އުސޫލުތަކާ އެއްގޮތެވެ.

ހަނީކޮމް ބޭނުންކުރުމަކީ ފައިދާހުރި ތަޖުރިބާއަކަށް ވެދާނެ ނަމަވެސް، ސަމާލުކަން ދޭން ޖެހޭ މަދު ފިޔަވަޅުތަކެއް އެބަހުއްޓެވެ.

ވެކްސް ހަފައިގެން ކެއުން: ހަނީކޮމްބްގައި ހުންނަ ވެކްސް އަކީ ކާން ފަސޭހަ އެއްޗެއް ނަމަވެސް ބައެއް މީހުންނަށް އޭގެ ޓެކްސްޗާ މާ ކަމުނުދާ ކަމަށް ވެދާނެއެވެ. ވެކްސް ހަފައިގެން ކެއުމަކީ އާންމުކޮށް ރައްކާތެރި ކަމެއް ނަމަވެސް ގިނަ އަދަދަކަށް ކެއުމުން ހަޖަމުކުރުމުގައި އުނދަގޫތަކެއް ކުރިމަތިވެދާނެ ކަމެކެވެ.

ތުއްތު ކުދިންނާއި ކުޑަކުދިން: ތުއްތު ކުދިންނަށް ބޮޓޫލިޒަމް ޖެހުމުގެ ނުރައްކާ ބޮޑުކަމުން އެއް އަހަރުން ދަށުގެ ތުއްތު ކުދިންނަށް ހަނީކޮމް ހިމެނޭ ގޮތަށް މާމުއި ދިނުމުން ދުރުހެލިވާށެވެ.

އެލާޖީ: ކުޅަނދުރުގެ އުފެއްދުން ތަކަށް ނުވަތަ ޕޮލެން އަށް އެލާޖިކް ވާނަމަ ހަނީކޮމް ކެއުމުން އެލާޖިކް ރިއެކްޝަނެއް އުފެދިދާނެ އެވެ.

ސީދާ ހަނީކޮމްބް އިން މާމުއިގެ ފޮނިމީރުކަން ހޯދުމަށް އިޚްތިޔާރު ކުރުމަކީ ގުދުރަތީ ދުނިޔެ ތަޖުރިބާ ކުރުމަށް ފުރިހަމަ ގޮތަކަށް ވެދާނެ އެވެ. އަދި މިއީ ސިއްހީ ގޮތުން އިތުރު ފައިދާތަކެއް ލިބިދާނެ ކަމެކެވެ. ހަނީކޮމް ބޭނުންކުރުމުގެ ޚާއްޞަ ފައިދާތަކަށް ތާއީދުކުރާ ޢިލްމީ ހެކިތައް ކުރިއަށްދާއިރު، ޙިއްސީ ތަޖުރިބާއާއި ގުދުރަތާ ގުޅުމުގެ ޚިޔާލަކީ އިންކާރުކުރެވޭނެ ކަމެއް ނޫނެވެ. ކޮންމެ ޑައިޓޭރިއަން ޗޮއިސްއެއްގައި ވެސް ވާ ފަދައިން، އެލާޖީތަކާއި ނާޒުކުކަންތައްތަކަށް ސަމާލުވުމާއި، މި ގަދީމީ މީރު ކާނާ މެދުމިނުގެ ރަހައެއް ލިބުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!