ޒަކާތު ހައުސް ޑިޖިޓަލް ކުރަން ނިންމައިފި
ދެންމެ | 08 އޮކްޓޯބަރ 2024

ރާއްޖާގެ ޒަކާތުގެ ހައުސްގެ ހިދުމަތްތައް ޑިޖިޓަލައިޒް ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ.

ޒަކާތު ހައުސްގެ ޑިރެކްޓަ ޖެނެރަލް ޝައިހް ޢިއްޒައްދީން ޢަދުނާން ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި ވިދާޅުވީ ޒަކާތު ހައުސް އަކީ މިހާރު ޒަކާތާ ގުޅޭ ވަރަށް ގިނަ ހިދުމަތްތަކެއް ދެމުން އަންނަ ތަނެއް ކަމަށެވެ. އެހެންވެ ވީހާ ވެސް ވީހާ ވެސް ފަސޭހަކޮށް އަދި އަވަހަށް ދިނުމަށްޓަކައި އެ ތަނުގެ ހިދުމަތްތަކެއް ޑިޖިޓަލައިޒް ކުރުމާ ގުޅޭ މަސައްކަތްތައް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.

އިއްޒައްދީން ވިދާޅުވި ގޮތުގައި ޒަކާތު ހައުސްގެ ހިދުމަތްތަކުގެ ތެރެއިން އެންމެ އާންމުކޮށް ހުށަހަޅަނީ ޒަކާތު ފަންޑުން ބޭސްފަރުވާގެ އެހީ އަށް އެދި ކަމަށެވެ. އެހެންވެ ހިދުމަތަށް އެދޭ ފަރާތްތަކަށް ފަސޭހަކޮށް ދިނުމުގެ ގޮތުން ވަންގަވްއާ ގުޅިގެން ބޭސްވަރުވާގެ އެހީއަށް ވަކިން އެދޭވޭ ގޮތަށް ހާއްސަ ޕޯޓަލެއް ތަޢާރަފުކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ޢިއްޒައްދީން ވިދާޅުވީ މި މަސައްކަތުގެ ދެވަނަ ފިޔަވަހީގެ ދަށުން ޒަކާތުގެ ހައުސްގެ ހުރިހާ ޚިދުމަތްތަކެއް އޮޓޮމޭޓްކުރުމަށް ސޮފްޓްވާއެއް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

ޒަކާތު ހައުސް ލޯންޗްކުރީ މި އަހަރުގެ ޖެނުއަރީ 2 ގަ އެވެ. އަދި ޒަކާތު ސަރުކާރުން އުފެއްދީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ގަ އެވެ. އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ޒަކާތު ހައުސްގެ ބޭނުމަކީ ރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތާއި، ޒަކާތުގެ ނަފާ އޭގެ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެގޮ ތަށް ޒަކާތު ފަންޑު ތަރައްޤީކުރުމުގެ މަސައްކަތް ކުރުމެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!