ބަގުރޫޓް ފައްޔާޒުގެ އިމާރާތަކުން ދެ ބުރި 1.2 މިލިޔަނުގެ އެޑްވާންސަކާއިއެކު 6 ލައްކައަށް އެޗްއާރުސީއެމަށް
ދެންމެ | 16 އޮކްޓޯބަރ 2024

މޫނިމާގެއިން ބަގުރޫޓް ފައްޔާޒު ދަމައިގެން ބައިން ދެބުރި 1.2 މިލިޔަނުގެ އެޑްވާންސަކާއިއެކު 6 ލައްކައަށް އެޗްއާރުސީއެމަށް ކުއްޔަން ދޭން މަސައްކަތް ކުރަމުންދާ ކަމަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިއްޖެ އެވެ.

އެޗްއާރުސީއެމްގެ ރައީސާ މުނާގެ ސީދާ އޯޑަރަކަށް ހިންގުމަށް މަސައްކަތް ކުރަމުންދާ މި ބޮޑު ޖަރީމާ ހިންގުމަށް މުނާ މަސައްކަތް ކުރަމުންދަނީ ބަގުރޫޓް ފައްޔާޒުގެ އެދުމުގެ މަތިންނެވެ.

އެ އިމާރާތުން އެޗްއާރުސީމުން ނެގުމަށް މަސައްކަތް ކުރަމުންދާ ދެ ބުރީގެ މަސައްކަތް ވެސް ނިމިފައި ނުވާއިރު 1.2 މިލިޔަނުގެ ބޮޑު އެޑްވާންސަކީ ބަގުރޫޓް ފައްޔާޒު އެތަން ނިންމުމަށް ބޭނުންވާ ފައިސާ އެވެ.

އެޗްއާރުސީއެމްގެ ފަރާތުން އިމާރާތް އިނިސްޕެޓް ކުރަން ފޮނުވި މުވައްޒަފުން ވެސް އެ އިމާރާތަކީ އެޗްއާރުސީގެ އޮފީސް ހިންގުމަށް ކަމުދާ އިމާރާތެއް ނޫން ކަމަށް ބުނެ ވަނީ މުނާއަށް ރިޕޯޓް ވެސް ކޮށްފައި ކަމަށް މައުލޫމާތު ލިބެ އެވެ.

މި އިމާރާތް ބޭނުން ނުވާ ކަމަށް އިމާރާތް އިނިސްޕެޓް ކުރި މުވައްޒަފުން ފާހަގަކޮށްފައިވާ ކަންތަކުގެ ތެރޭގައި ތަން ނިމިފައި ނެތުމުގެ އިތުރުން އިމާރާތުގެ ހާލަތާއި ތަނުގެ އިމާރާތުގައި ތަބުތަން ގިނަވުން ވެސް ހިމެނެ އެވެ.

 

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!