އެމްޑީޕީ ވެރިކަމުގައި ވައްކަން ކުރި މީހުންނަށް އަދަބު ދޭނަން، ހެކި އެބަހުރި: މުހްތާޒް
ދެންމެ | 21 އޮކްޓޯބަރ 2024

އެމްޑީޕީ ވެރިކަމުގައި ވައްކަން ކުރި މީހުންނަށް އަދަބު ދޭނެ ކަމަށް ރައީސް މުއިއްޒުގެ ކުރިމިނަލް އެޑްވައިޒަރުކަން ކުރައްވާފައިވާ އަދި ސިންގަޕޫރުގެ ޑެޕިއުޓީ އެންބެސެޑަރ މުހްތާޒް މުހްސިނު ވިދާޅުވެއްޖެ އެވެ.

ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލްކަން ކުރައްވާފައިވާ މުހްތާޒް ކުރައްވާފައިވާ ޓުވީޓެއްގައި ބުނެފައި ވަނީ ރައްޔިތުންގެ ފައިސާއިން ވައްކަން ކުރި ކަމުގެ ފުރިހަމަ ހެކި އެބަހުރި ކަމަށެވެ.

‏“ނިމިދިޔަ ސަރުކާރުން ރައްޔިތުންގެ ފައިސާއިން ވައްކަން ކުރުމަށްފަހު އޭގެ ރަސީދު ފޮނުވީ ރައްޔިތުންގެ ގެއަށް“ ރައީސް ނަޝީދު.
“ އެރަސީދާއި އިތުރުހެކި ހަމަ އެގޭގައި އަދިވެސް އެބަހުރި. އޭރު ފިޔަވަޅު ނޭޅިއަސް މިހާރު އެގޭގެ ވެރިން މާލިއްޔާއިން ވައްކަންކުރި ފަރާތްތަށް ހޯދާ ފިޔަވަޅު އަޅާނެ.“  މުހްތާޒު ކުރައްވާފައިވާ ޓުވީޓުގައި ވިދާޅުވެފައި ވެއެވެ.

ކުރިމިނަލް ކޯޓުގެ ގާޒީކަން ވެސް ކުރައްވާފައިވާ މުހްތާޒް ކުރައްވާފައިވާ ޓުވީޓުގައި ކުރީގެ ރައީސް ނަސީދު ނިމިދިޔަ ސަރުކާރުގެ ވައްކަމާއި ގުޅޭ ގޮތުން ދައްކާފައިވާ ވާހަކަތައް ވެސް ފާހަގަ ކޮށްފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!