ނަސީދު ވިދާޅުވި އަސް ސަރުކާރުން މަޖިލީހަށް ނުފޫޒު ނުފޯރުވާ: ރައީސް އޮފީސް
ދެންމެ | 03 ނޮވެމްބަރ 2022

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ މަސައްކަތަށް ނުފޫޒެއް ނުފޯރުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކޮށްފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަޤާމުން އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަކި ކުރަން އުޅޭކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެނެވެ.

ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިއުވާން ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ ކަންކަމުގައި ބަސް ބުނަން އެންމެ ރަނގަޅުވާނީ ޕާޓީންކަމަށެވެ. އަދި ސަރުކާރުން މަޖިލީހުގެ އެއްވެސް ކަމަކަށް ނޫފޫޒެއް ނުފޯރުވާނޭކަމަށްވެސް މިއުވާން ވިދާޅުވިއެވެ.

”ރައްޔިތުންގެ މަޖިލީހާއި ގުޅޭގޮތުން އަޅުގަނޑު ވާހަކަދެއްކުން އެހާ ރަނގަޅެއް ނުވާނެ. އެމްޑީޕީގެ ކަންކަމާއި ގުޅޭގޮތުންވެސް ވާހަކަ ދައްކަން އެންމެ ރަނގަޅުވާނީ ޕާޓީން. ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ މަސައްކަތަކަށް ނުފޫޒެއް ނުފޯރުވާނެ. މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަތަކަކީ ސަރުކާރުން ކުރާނެ ކަންތައްތަކެއް ނޫން.“ މިއުވާން ވިދާޅުވިއެވެ.

އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަނެއް އުފެދިފައިވާއިރު، އެއް ބަޔަކީ ރައީސް ސާލިހަށް ތާއިދުކުރާ ފެކްޝަނެކެވެ، އަނެއް ފެކްޝަނަކީ ރައީސް ނަޝީދަށް ތާއީދުކުރާ ފެކްޝަނެކެވެ. މީގެތެރެއިން ރައީސް ސާލިހަށް ތާއިދުކުރާ ފަރާތްތަކުން ދަނީ ފާޅުގައި ރައީސް ނަޝީދު މަޖިލިސް ރައީސްކަމުގެ މަޤާމުން ވަކިކުރަން ގޮވާލަމުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!