ޓެކްސް އެޕީލް ޓްރައިބިއުނަލަށް މެންބަރުން ޢައްޔަނު ކުރައްވައިފި
ދެންމެ | 24 އޮކްޓޯބަރ 2024

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހަތަރު މެންބަރުން މިއަދު ޢައްޔަނުކުރައްވައިފި އެވެ.

ރައީސް މުޢިއްޒު ޓެކްސް އެޕީލް ޓްރައިބިއުނަލަށް ޢައްޔަނުކުރައްވާފައިވާ ހަތަރު މެންބަރުންނަކީ ޙަސަން ޒުހައިރު މުޙައްމަދު އާއި އިބްރާހީމް ޝަރީފް އާއި އަލްއުސްތާޛާ ޝިފްޒާ ޢަބްދުލްޤައްޔޫމް އަދި އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު އެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލީ މިދިޔަ އޮގަސްޓް މަހުގެ 29 ވަނަ ދުވަހު އެވެ.

ޓެކްސް އެޕީލް ޓްރިބިއުނަލަށް ހަތަރު މެމްބަރުން އައްޔަންކުރެއްވީ، އެ ޓްރައިބިއުނަލްގެ ފަސް މެމްބަރުންގެ ތެރޭގައި ހިމެނޭ މެމްބަރު އިސްމާއިލް ސާޖިދު ފިޔަވައި ދެން ތިއްބެވި ހަތަރު މެންބަރުން ވަކިކުރުމަަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުންނެވެެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!