އަލިފާނުގެ ހާދިސާގައި ނިޔާވި އެކަކު ފިޔަވައި އެންމެން ދެނެގަނެ ވިއްޖެ
ދެންމެ | 11 ނޮވެމްބަރ 2022
ބުދަ ދުވަހުގެ ރޭ މ.ނިރުފެހިގޭ ގައި ހިނގި އަލިފާނުގެ ހާދިސާގައި ނިޔާވި އެކަކު ފިޔަވައި އެންމެން ދެނެގަނެވިއްޖެ އެވެ.

ފުލުހުން ބުނީ ނިރުފެހީގޭގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި 10 މީހުންގެ ތެރެއިން 9 މީހަކު ދެނެގަނެވިފައިވާކަމަށެވެ. އޭގެތެރޭގައި ހިމެނެނީ އިންޑިޔާ 4 ފިރިހެނަކާއި އިންޑިއާގެ 3 އަންހެނަކާއި ބަންގުލަދޭޝްގެ އަންހެނަކާއި އެގައުމުގެ ފިރިހެނެއްކަމަށެވެ.

ފުލުހުން ބުނީ މަރުވި 10 މީހުންގެ ތެރޭގައި ކާކުކަން ދެނެގަނެވިފައިނުވާ އެކަކު ހިމެނޭކަމަށެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގުކުރަމުންކަމަށް އެ މުއައްސަސާއިން ބުނެއެވެ.
މިހާތަނަށް އައިއިރުވެސް މިހާދިސާ ހިންގަން މެދުވެރި ސަބަބެއް ހޯދިފައެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!